ads
ހޯމް މިނިސްޓަރު އަލީ އިހުސާން ފޮޓޯ: ރައީސް އޮފީސް
މިއީ ސޯނިކް ވެޕަން ބޭނުން ކުރެވުން ފުރަތަމަ ފަހަރެއް ނޫން: މިނިސްޓަރު އިހުސާން
މިދިޔަ ހުކުރު ދުވަހު އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާ ރޫލާލަން ބޭނުން ކުރި ސޮނިކް ވެޕަން ނުވަތަ ލާރްޑް އެ ދުވަހު ބޭނުން ކުރެވުނީ ފުރަތަމަ ފަހަރަށް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޑރ. އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

އިހުސާން ވިދާޅުވީ އެންމު ފުރަތަމަ މި ޑިވައިސް ފުލުހުން ބޭނުންކޮށްފައިވަނީ 2013 ވަނަ އަހަރު ކަމުގަ އެވެ. 

އެ ޑިވައިސް ފުރަތަމަ ބެހެއްޓިފައިވަނީ ފުލުހުންގެ ސައުންޑް ވެހިކަލްގައި ކަމަށާއި އެ ވެހިކަލް ފުލުހުން ބޭނުން ކުރަމުން ދިޔައީ ސްޕެޝަލް އޮޕަރޭޝަންތަކުގައި ކަމަށް އިހުސާން ފާހަގަ ކުރެއްވި އެވެ. 

"ލާރްޑް ސިސްޓަމް ތަކަކީ ދުނިޔޭގެ 100 އަށް ވުރެން ގިނަ ގައުމުތަކެއްގެ ޕަބްލިކް ސޭފްޓީ އެޖެންސީ ތަކުންނާއި، މިލިޓަރީ އަދި ލޯ އެންފޯސްމަންޓު އެޖެންސީ ތަކުން ކްރައުޑް ކޮންޓްރޯލް ކުރުމަށް، ލޯންގް ރޭންޖް ކޮމިއުނިކޭޝަން، ބޯޑަރު އަދި ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެޓުމުގެ އިތުރުން އެމެޖެންސީ ނޮޓިފިކޭޝަންތައް ދިނުމަށް މިހާރުވެސް ބޭނުން ކުރާ ސިސްޓަމެއް" އިހުސާން ވިދާޅުވި އެވެ

މިނިސްޓަރު މައުލޫމާތު ދެއްވި ގޮތުގައި އެމްޑީޕީ މުޒާހަރާގައި ބޭނުން ކުރެވުން މޮޑަލްގެ ލާރްޑް އެންމެ ފުރަތަމަ ބޭނުން ކުރެވިފައިވަނީ 2023 ވަނަ އަހަރު ޕަބްލިކް އޯޑާރް އޮޕަރޭޝަނެއްގެ ތެރެއިން ކަމުގަ އެވެ. 

މުޒާހަރާ ރޫޅާލުމަށް ފުލުހުން ބޭނުންކުރި ސޮނިކް ވެޕަން އިތުރަށް ބޭނުން ނުކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ވަނީ ފަށާފައި އެވެ. 

އެއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ. އެ ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި މުޒާހަރާކުރި ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ އާއިލާތަކާއި ކުޑަކުދިންނަށް އޭގެ އަސަރު ކުރި ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ. 

ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ. 

މި އާލާތަކީ މާ ކައިރީގައި ބަހައްޓައިގެން ބޭނުންކޮށްފި ނަމަ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭނެ އެއްޗެކެވެ. ރޭގައި ފުލުހުން މި އާލާތް ބޭނުންކުރީ އާންމުންނާއި ފުލުހުންނާ ދެމެދުގައި ޝީލްޑް ޖަހައިފައި ހުރި ހިސާބުގައި ތިބެގެންނެވެ. މީގެން އިވޭ އަޑުގެ ސަބަބުން ކަންފަތަށް ވަރަށް ބޮޑަށް ތަދުވެ، ދާއިމަށް ބީރުވުމުގެ ބިރު ވެސް އޮވެ އެވެ. 

ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް