ads
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް - ފޮޓޯ: މަޖިލީސް
މުޒާހަރާ ކުރި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭނެ: ފަލާހް
މުޒާހަރާ ކުރި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭނެ ކަމަށް އިންގުރައިދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން އެއީ ބަލައިގަނެވޭނެ ފަދަ ކަމެއް ނޫން ކަމަށް ފަލާހު ފާހަގަ ކުރެއްވި އެވެ. 

މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އެ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެމްބަރުން ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށާއި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިފި ނަމަ އެ ބޭފުޅެއްްގެ ގޮނޑި ގެއްލޭނެ ފަދަ އިސްލާހެއް ގާނޫނަށް ގެންނަ އެބަޖެހޭ ކަމަށް ފަލާހް ވިދާޅުވި އެވެ. 

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް ބަހުސް ކުރަމުން ފަލާހް ވިދާޅުވީ އެމްޑީޕީން ކުރާ މުޒާހަރާތަކަކީ އެއްގޮތަކަށްވެސް ސުލްހަވެރި މުޒާހަރާތަކެއް ނޫންކަމަށާއި މި މުޒާހަރާތަކުގެ ތެރެއިން އަބަދުވެސް ފެންނަނީ ފުލުހުންނާއި ކުރިމަތިލާ މަންޒަރުކަމުގަ އެވެ. 

"މި މުޒާހަރާގެ ތެރެއިން ފެނިގެން ދިޔަ ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ބެރިކޭޑެއް ތެރެއަށް [ވަދެ] އޮއްވާ، ވަދެގެން އޮވެ، ފުލުހުންނަށް ހުރަސްއެޅި މަންޒަރު. ރައްޔިތުންގެ މަޖިލީހުގެ މެންބަރަަކަށް ހުރެ އެފަދަ އަމަލެއް ކޮށްފިއްޔާ، އަޅުގަނޑުމެން މި ގަވާއިދާއި ގާނޫނުއަސާސީއަށް ވެސް އިސްލާހު ގެންނަން ޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވިޔަސް އެވަރުގެ ކުށެއް ކޮށްފިއްޔާ، އެ މެމްބަރެއްގެ ގޮނޑި ގެއްލެން ޖެހޭނެ" ފަލާހް ވިދާޅުވި އެވެ

ކުރިޔަށް އޮތްތަނުގައި މި ފަދަ އަމަލުތަށް ހިންގާ މެމްބަރުންނާއި ދެކޮޅަށް މަޖިލީސް މެދުވެރިކޮށް ވިޔަސް އަދަބު ދެވޭނެ ގޮތެއް ހަދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ މެމްބަރުންގެ މައްޗަށް ރައްޔިތުންގެ އޮތް އިތުބާރު ގެއްލި މެމްބަރުންނަކީ އެއްވެސް އިއްޒަތެއް ބަޔަކަށް ވެގެން ހިންގައިދާނެ ކަމަށް ފަލާހް ވިދާޅުވި އެވެ.

ގިނަ ބަޔަކު ބައިވެރިވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން، މުޒާހަރާ ރޫލާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި ސޮނިކް ވެޕަން ވެސް ބޭނުންކޮށްފަ އެވެ.

ފުލުހުން މުޒާހަރާ ރޫޅާލީ، އަމީީނީ މަގުން ހިނގާލުން ކުރިއަށް ގެންދަން އަންގާފައިވަނިކޮށް ފުލުހުން ދިން ރޫޓަށް ބެލުމެއް ނެތި މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ދާން މަސައްކަތްކުރުމުންނެވެ.

ފުލުހުންގެ އާލާތް އަތުލަން މަސައްކަތްކޮށް، ފުލުުހުންނާ ދިމާއަށް މުޒާހަރާގެ ބައިވެރިން ގަލާއި ފެން ފުޅި އުކައި އަމަން ގެއްލުވާލަން އުޅުނު ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް