ads
މާލޭ ސަރަހައްދުގައި 1 ރޫމްގެ 8000 ރުފިޔާ އަށް އެންމެ އަގުބޮޑީ ހުޅުމާލެ އިން
ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭ އަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަދި ތޮއްޖެހިފައިވާ ރަށޭ ބުނުން އެއީ ދޮގަކަށް ނުވާނެ އެވެ.
Advertisement

މާލޭގެ ދިރިއުޅޭ ފަރާތަކުގެ އެންމެ ބޮޑު ޝަކުވާ އަކަށްވެފައިވަނީ މާލޭގައި ގެދޮރުގެ އަގު ބޮޑުވެގެން ނެވެ. 

މިކަމާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހެދި ދިރާސާއެއްގެ ނަތީޖާ އާންމުކޮށްފައި ވާއިރު މާލޭގެ އެކި އަވަށްތަކުގައި އަހަރުގެ އެކި ދުވަސްވަރު ކުއްޔަށް އަންނަ ބަދަލު ހާމަވެ އެވެ. 

އެމްއެމްއޭ އިން މި ދިރާސާ ހަދާފައިވަނީ ފެބްރުއަރީ 2023 އިން ޖެނުއަރީ 2024 އާ ހަމައަށް، އެއް އަހަރު ތެރޭގައި މާލެ ސަރަހައްދުގެ އެކި ތަންތަނުގެ ކުލިތަކަށް އައި ބަދަލުގެ މައްޗަށެވެ. ރާއްޖޭގެ މަރުކަޒީ ބޭންކުން ނެރުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި އެންމެ އަގުބޮޑުކޮށް އެޕާޓްމަންޓު ހުރީ ހުޅުމާލޭގައި އެވެ. 

އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ގެދޮރުގެ ކުލި އެންމެ އަގު ހެޔޮކޮށް ކުއްޔަށް ދެނީ ވިލިގިނލިންނެވެ. އެ ގޮތުން ވިލިގިނލިން އެއް ކޮޓަރީގެ އެޕާޓްމަންޓެއް 7500 ފެށިގެން 13500 އާ ދެމެދު ލިބުނު އެވެ. 

މާލެ ސަރަހައްދުގައި އެންމެ ބޮޑު ކުއްޔެއް ހުރީ ހުޅުމާލޭގަ އެވެ. ހުޅުމާލެއިން އެންމެ އަގު ހެޔޮކޮށް ވެސް އެއް ކޮޓަރީގެ އެޕާޓްމެންޓް ލިބެނީ 8،750ރ. އަށެވެ. އަދި 22،000ރ. އާ ހިސާބަށް މި އަގު މައްޗަށް ދެ އެެވެ.

ދެ ވަނައަށް އެންމެ ކުލި ކުޑަ، މާފަންނުގެ އެންމެ ދަށް ކުލި ރެކޯޑު ކުރެވިފައިވަނީ ވެސް 8،000ރ. ގަ އެވެ.

އެންމެ ބޮޑު ކުލި ރެކޯޑު ކުރެވިފައިވަނީ 14،500ރ. ގަ އެވެ.

މައްޗަންގޮޅީގައި ވެސް އެންމެ ކުޑަ ކުއްޔަކީ 8،000ރ. އެވެ. 

އެކަމަކު މި އަހަރުގެ ގިނަ މަސްތަކުގައި 10،000ރ. އާއި 12،000ރ. އާ ދެމެދުގައި ކުލި ރެކޯޑްކުރެވިފައިވެ އެވެ.

ކުލިތައް އެވްރެޖުކޮށް ރެކޯޑުކުރެވިފައިވާ ގޮތަށް ބަލާ އިރު އެކި މަސްތަކުގައި އަގު ބޮޑު އެޕާޓްމެންޓްތައް ފެންނަން ހުރީ އެ ސަރަހައްދުތަކުންނެވެ. 

މިސާލަކަށް، ޑިސެމްބަރު 2023 ގައި އެންމެ އަގުހެޔޮކޮށް އެޕާޓްމެންޓުތައް ފެންނަން ހުރީ ގަލޮޅުގަ އެވެ. އެއީ 8،500ރ. ގަ އެވެ.

ސަބަބެއް ކަމަށް ބެލެވެނީ، ގަލޮޅުން އެ މަހު އެއް ކޮޓަރީގެ ގިނަ އެޕާޓްމެންޓްތަކެއް ކުއްޔަށް ދިނުމަށް ލިސްޓު ކޮށްފައި ވުމެވެ. އެ މަހު އެންމެ އަގު ބޮޑުކޮށް ލިސްޓުކޮށްފައި ވަނީ 18،000ރ. އަށް ހުޅުމާލެއިންނެވެ.

އެއީ ދެ ކޮޓަރި ނުވަތަ ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ކަމަށް ބެލެވެ އެވެ. 

އައިބޭ އާއި ފޭސްބުކްގައި ލިސްޓުކޮށްފައިވާ އެޕާޓްމެންޓްތަކަށް ބަލާއިރު، އެކި މަސް މަހު އެކި އަވަށްތަކުން ލިސްޓުކޮށްފައި ހުންނަނީ އެކި ސައިޒުތަކުގެ އެކި ފެންވަރުގެ ތަންތަނެވެ. ކުލި އެންމެ ބޮޑަށް ބަދަލުވަނީ ތަނުގެ ސައިޒާއި އެތަނުގެ އާ ކަމުގެ މައްޗަށެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް