ads
މާފަރުފަޅު ހިއްކުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއެކު ބައިވެރިވި ފަރާތްތައް އެ ފަޅުގެ ހިއްކި ސަރަހައްދުގައި - ފޮޓޯ: ރައީސް އޮފީސް
މާފަރު ފަޅު ހިއްކައި، އާބަން ސެންޓަރު ތަރައްގީކުރަން އެމްއޭސީއެލްއަށް
އދ. މަހިބަދޫ އިހުތިސާސްގައި އޮންނަ މާފަރު ފަޅު، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
Advertisement

މާފަރު ފަޅު ތަރައްގީކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫ އަށް ވަޑައިގެންނެވެ. 

އެ މަސައްކަތް ހަވާލުކުރީ އެމްއޭސީއެލްއާ އެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ.

ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރު ގާއިމް ކުރަން ސަރުކާރުން ވަނީ ނިންމައި ރަށްތައް ކަނޑައަޅައިފަ އެވެ. މަހިބަދުއަކީ ސަރުކާރުން އާބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އާބަން ސެންޓަރުތައް ވާނީ ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ކަމަށާއި އެ ތަންތަނުން މަތީ ތައުލީމާއި ސިއްހީ އަދި ވިޔަފާރީގެ ގިނަ ފުރުސަތުތުތަކެއް ފަހިވާނެ ކަމަށެވެ.

މާފަރު ފަޅު ހިއްކާ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާއިރު ސަރުކަރުން ވަނީ ރާއްޖޭގެ 7 ސަރަޙައްދެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް