ads
މީޑިއާ ކޮމިޝަން: އިންތިހާބުގައި ވޯޓްލުމަށް 190 ފަރާތަކުން ރަޖިސްޓްރީކޮށްފި
މީޑިއާތައް ކޮންޓްރޯލްކުރާ ކޮމިޝަނަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބަށް، 190 މީޑިއާއަކުން ރަޖިސްޓްރީކޮށްފި އެވެ.
Advertisement

އީސީން މިއަދު އެ ކޮމިޝަންގެ ވެބްސައިޓުގައި ޝާއިއު ކުރި ލިޔުމެއްގައި ބުނީ، 400އެއްހާ މީޑީއާތަކުގެ ތެރެއިން ސުންގަޑި ހަމަވިއިރު ރަޖިސްޓްރީކޮށްފައިވަނީ 190 މީޑިއާ ކަމަށެވެ. އެއީ ވޯޓާސް ލިސްޓުގައި ހިމެނޭ މީޑިއާތަކުގެ %48 އެވެ.

ޖުމްލަ 190 މީޑިއާއިން ރަޖިސްޓްރީ ކުރި ކަމަށް އީސީން ބުނި ނަމަވެސް އެ މީޑިއާތަކުގެ ލިސްޓެއް އެ ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.

މީޑިއާ ކޮމިޝަންގެ އިންތިހާބުގައި 353 މީޑިއާއަކަށް ވޯޓުލުމުގެ ހައްގު ލިބޭއިރު، މި އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިމިވަނީ، ވޯޓު ލެވޭ މީޑިއާތަކުގެ 53 ޕަސެންޓެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެކަމަކު އޭގެ ތެރެއިން ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.

މި ފަހަރު ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ އެ ހަތަރު މެމްބަރުން ހޮވުމަށެވެ. އަދި ހަތަރު މެންބަރުންގެ ޖާގައަށް ހަ ބޭފުޅުން ކުރިމަތިލެއްވި އެވެ. ނަމަވެސް އިންތިހާބު ކުރަން ޖެހޭ އަދަދަށް ކެނޑިޑޭޓުން ކުރިމަތިލާފައިވުމުން ބްރޯޑްކާސްޓަރުންނާއި މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިހާބަކާނުލާ ވަނީ ހޮވިފަ އެވެ. 

މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ރާއްޖޭގެ ގިނަ މީޑިއާ ތަކެއް ތަމްސީލުކުރާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ވަނީ މި ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި މި ގާނޫނޫގެ ދަށުން ބާއްވާ އިންތިހާބު ވެސް ބޯއިކޮޓް ކުރާނެ ކަމަށް އެމްޖޭއޭ ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް