ads
އދ. އަތޮޅު ހޮސްޕިޓަލްގައި ޑައިލިލިސް ހިދުމަތް ފެށުން - ފޮޓޯ: ރައީސް އޮފީސް
އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ހިދުމަތް ފަށައިފި
އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ހިދުމަތް ފަށައިފި އެވެ.
Advertisement

މަހިބަދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ޑަޔަލިސިސް ޔުނިޓް ހުޅުއްވާދެއްވާ އެ ޔުނިޓް ބައްލަވާލައްވާފަ އެވެ. އަދި އެތަނުގެ މުވައްޒަފުންނާވެސް ބައްދަލުކުރެއްވި އެވެ.

މާލެއާއި އެއް ފެންވަރަށް ޑަޔަލިސިސް ސެންޓަރުގެ ހިދުމަތް ކޮންމެ އަތޮޅެއްގެ މައި ހޮސްޕިޓަލުން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.

ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތައާރަފް ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިޚިދުމަތް މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން 9 އަތޮޅެއްގައި 19 ޔުނިޓް މިހާރު މިވަނީ ގާއިމްކޮށްފަ އެވެ. އަދި ކުރިން ހުރި 2 ސެންޓަރެއްގައި ހިދުމަތް ފުޅާކޮށް، އިތުރު 4 ޔުނިޓުވަނީ ގާއިމުކޮށްފަ އެވެ. 

ޑަޔަލިސިސްގެ ހިދުމަތް މިހާރު ނުފެށި އޮތީ 4 އަތޮޅެއްގަ އެވެ. އެއީ އއ، ވ، ފ އަދި ދ.އަތޮޅުގަ އެވެ. މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ހިދުމަތް ފެށޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް