ads
އެސްޑީއެފްސީގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރަނީ
އެސްޑީއެފްސީގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރަނީ
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ އުސޫލުތަކާ އެއްގޮތް ވާގޮތަށް ބަދަލުކުރުމުގެ ބޮޑު މަސައްކަތެއް ފަށައިފި އެވެ.
Advertisement

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ  އިސްލާމީ އުސޫލުތަކާ އެއްގޮތް ވާގޮތަށް ބަދަލުކުރުމުގެ ބޮޑު މަސައްކަތެއް ފަށައިފި އެވެ. މި ބަދަލާއެކު އެސްޑީއެފްސީ ވެގެންދާނީ ބޭންކް އޮފް މޯލްޑިވްސްގެ ޝަރީއަތާ އެއްގޮތް ޑިޖިޓަލް ސަބްސިޑިއަރީއަކަށެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އީޖާދީ ހައްލުތައް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބޭނުންކުރާނީ އިސްލާމިކް ބޭންކިންގެ ޑިމިނިޝިން މުޝާރަކާ ކޮންޓްރެކްޓެވެ. އަދި ކުރިއަށް އޮތް ތަނުގައި ވަކާލާ ބިލް އިސްތިޘްމާރު ފަދަ އިތުރު ކޮންޓްރެކްޓްތައް ބޭނުންކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެސްޑީއެފްސީގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް މި ބަދަލުތައް ގެނެސް ނިންމާލުމެވެ.

މި ބަދަލުގެ އެންމެ ބޮޑު އެއް ފައިދާ އަކީ، އެކި ސަބަބުތަކާ ހުރެ ލޯނު ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ލިބިގެން ދިއުމެވެ. އިސްލާމިކް ރިފައިނޭންސިން އުސޫލުތަކުގެ ތެރެއިން، ފައިސާ ދައްކާ ނިންމުމަށް އޮންނަ މުއްދަތު އިތުރުކޮށްދިނުން ފަދަ ފަސޭހަތައް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ބަދަލާއެކު ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއި ލިބި، ޝަރީއާ އުސޫލުން އެކަންކަން ހަމަ މަގަށް އެޅުވުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް