ads
ރައީސް މުއިއްޒު މަހިބަދޫގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ރައީސް އިއުލާންކުރައްވައިފި
ކުރިން ދިވެހީންގެ ތެރޭގައި އޮތް އިހުތިރާމުކުރުމުގެ އާދަ އަނބުރާ ގެނައުމަށް، އަންނަ އަހަރު ގައުމީ މަޝްރޫއެއް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.
Advertisement

އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންނަކީ ކުރިން އެކަކު އަނެކަކަށް ވަރަށް ލޯތްބާއި ކުލުނަކާއެކީގައި އަޅާލި ބައެއް ކަމަށާއި ނަމަވެސް ސިޔާސީ އޮއިވަރާއެކު އިހުތިރާމް އަދާކުރުން ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ. 

އެކަން ބަދަލުކުރަން ބޭނުންވާ ކަމަށާއި ހުރިހާ ރައްޔިތުން ވެސް އެކަން އެގޮތަށް ބަދަލުވާން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އަންނަ އަހަރުގެ ތެރޭގައި އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް ސަރުކާރުން ބޭނުންވާ ކަމަށާއި މިއީ އަތް ނުލެވުނު ނަމަވެސް ބިޔަ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި އެވެ. މި މަޝްރޫއުގައި ސިޔާސީ ޕާޓީތައް ހިމެނޭހެން ހުރިހާ ފަރާތްތަކަކުން ވެސް ބައިވެރިވުމަށް ރައީސް ގޮވާލެއްވި އެވެ.

"މިފަދަ ކެމްޕޭނެއް، ޕްރޮގްރާމެއް، މަޝްރޫއެއް ފަށާނަން. މިކަމުގައި އެހެން ނަމަވެސް ހަގީގީ ނަތީޖާ ނިކުންނާނީ އެންމެން އެކަމުގައި ބައިވެރިވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހަގީގީ މާނައިގައި ރާއްޖެ ތަރައްގީވާނީ ވަށާ ޖެހޭ މަސައްކަތްތަކެއް ކުރެވުމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް