ads
 އުމަރު ނަސީރު
އެމްޑީޕީ އާއި ޕީއެންސީގެ ވެރިކަމުގައި ތަފާތެއް ނެތް: އުމަރު ނަސީރު
އިދިކޮޅު އެމްޑީޕީގެ ވެރިކަމާއި މިހާރުގެ ޕީއެންސީ ސަރުކާރުގެ ވެރިކަމުގެ މެދުގައި ބޮޑު ތަފާތެއް ނެތް ކަމަށާއި، ދެ ވެރިކަމުގައި ވެސް ފެންނަނީ ޕާޓީގެ މީހުންގެ މަސްލަހަތު އިސްކުރާ މަންޒަރު ކަމަށް, ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
Advertisement

އިދިކޮޅު އެމްޑީޕީގެ ވެރިކަމާއި މިހާރުގެ ޕީއެންސީ ސަރުކާރުގެ ވެރިކަމުގެ މެދުގައި ބޮޑު ތަފާތެއް ނެތް ކަމަށާއި، ދެ ވެރިކަމުގައި ވެސް ފެންނަނީ ޕާޓީގެ މީހުންގެ މަސްލަހަތު އިސްކުރާ މަންޒަރު ކަމަށް, ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މި ސަރުކާރުން ވެސް ގިނަ ކަންކަމުގައި ގެންގުޅެނީ އެމްޑީޕީން ގެންގުޅުނު ސްޓޭންޑް ކަމަށެވެ.

އުމަރު ތުހުމަތު ކުރެއްވި ގޮތުގައި، ދެ ޕާޓީން ވެސް ވެރިކަން ކުރީ އަދި ކުރަމުން ދަނީ "ތިޖޫރި ވަށައިގެން" ކަމަށެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ ވަސީލަތްތަކާއި ކޮންޓްރެކްޓްތައް ބޭނުން ބަޔަކަށް ދިނުމާއި، ޕާޓީގެ މީހުންނަށް ފަޅުރަށްތައް ބެހުމަކީ ދެ ވެރިކަމުން ވެސް ފެނުނު ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތަކަށް ބޭނުމަށްވުރެ އިތުރަށް މުވައްޒަފުން ނަގައި ޕާޓީ މީހުންނަށް ވަޒީފާ ދިނުމަކީ އެމްޑީޕީން އާދަޔާ ހިލާފަށް ކުރި ކަމެއް ކަމަށާއި، މި ސަރުކާރުން "އޭގެ މައްޗަށް ގިއަރު ޖައްސާފައި" އެކަން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ ސިފައިންގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން އުމަރު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަފުޅުތައް މިހާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވެސް ދައްކަވާ ކަމަށެވެ. އުމަރު ގަބޫލުކުރައްވާ ގޮތުގައި، އެމްޑީޕީ އާއި ޕީއެންސީ އަކީ ވެސް ރައްޔިތުންނަށް ވެރިކަން ކޮށްދޭ ބައެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ޕާޓީގެ މެންބަރުންނަށް ހިދުމަތްކުރާ ވެރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް