ads
މާފުށި: ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އަންނަ އެއް ރަށް - ފޮޓޯ: ކާނި ޕާމް ބީޗް
ހައްޖު ކޯޕަރޭޝަންގެ މާފުށީ ހޮޓާ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް
އިސްލާމިކް ޓޫރިޒަމްގެ ދަށުން ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ޓޫރިސްޓް ހޮޓާ މަޝްރޫއު އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
Advertisement

އެންމެ ފުރަތަމަ އެ ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކުރާނެ ބަޔަކު ހޯދަން އިއުލާނުކުރީ މީގެ ދެމަސްކުރިން، މިދިޔަ އޮގަސްޓު ހައެއްގައެވެ.

އޭގެފަހުން މިއަދު އެ ކޯޕަރޭޝަނުން ވަނީ އެ އިއުލާނު ބާތިލުކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކުރާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށް އަލުން ބުނެފަ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ހޮޓާ އަޅާނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 14 ވާ އަންގާރަ ދުވަހުގެ ހަވީރު 3:00 އަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހެ އެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 30،000 ރުފިޔާ ނުވަތަ 2،000 ޑޮލަރު ހުށަހަޅަންޖެހެ އެވެ.

އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މާފުށީގައި ހޮޓަލެއް އެޅުމުގެ އިތުރުން، އޮފީސް އިމާރާތަކާއި ރެޒިޑެންޝަލް އިމާރާތެއް އަޅަންވެގެން ހައްޖު ކޯޕަރޭޝަނުން ވަނީ ހުޅުމާލެއިން ދެ ބިން ގަނެފަ އެވެ. އެ ދެ ބިން ގަތީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެ ދެ ބިން ވެސް ގަނެފައި ވަނީ ހައްޖަށް ދާން މީހުން ދައްކާފައިވާ ފައިސާއިންނެވެ.

މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އަންނަ އެއް ރަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް