މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދާ އޮޓިޑް ގާނޫނަށް އިސްލާހު ގެނެއުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ މެމްބަރަކު މި ގާނޫނަށް މި ފަދަ އިސްލާހެއް ހުށަހެޅުމުން ކޮރަޕްޝަނާއި ވައްކަމާއި ފަސާދައާއި ދެކޮޅަށް މި ބިލް ޕީއެންސީގެ ސުޕާ މެޖޯރިއެއް އޮތް މަޖިލީހަކުން މި ބިލް ބަލައިގަތުމުން އިނގިގެންދަނީ ޕީއެންސީ އަކީ މިފަދަ ކަންކަމާއި ދެކޮޅުޕާޓީ އެއް ކަން ރަމްޒުކޮށްދޭ ކަމުގަ އެވެ.
ނަމަވެސް މިފަދަ މުހިންމު އިސްލާހަކަށް ވާހަކަ ދައްކަމުންދާ އިރު ކޮރަޕްޝަން އަތްފޯރާ ފަށައް އައި ކިހިނެތްތޯ ވެސް ބަލާލަން އެބަޖެހޭ ކަމަށާއި ކޮރަޕްޝަން އެންމެ ފުރަތަމަ އަތްފޯރާ ފަށަށް ގެނެވުނީ އެމްޑީޕީގެ ވެރިކަމުގެ ތެރެއިން ކަމަށް އޭނާ ފަހަގަ ކުރެއްވި އެވެ.
އެމްޑީޕީ ވެރިކަމުގެ ކުރިން ކޮރަޕްޝަނަކީ ރައްޔިތުންނަށް މާބޮޑަށް އެނގޭ ކަމެއް ނޫން ކަމަށާއި ބޮޑުތި ހާދިސާތައް ހިނގީމައި ރައްޔިތުންނާއި ހަމަޔަށް އޭރުވެސް މިފަދަ ކޮރަޕްޝަންގެ މައްސަލަ ތިލަ ވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.
އެމްޑީޕީ ފުރަތަމަ ވެރިކަމުގެ ތެރޭގައިވެސް ރާއްޖޭގެ އޮތްނަމަ އޮތްހާ ފަޅުރަށްތަކާއި ގިރި އާއި ހާހައި ކައިރި މީހުންނައް ބަހާ ބޮޑުވައްކަމެއް ހިންގާފައިވާ ކަމަށާއި ފެރީ ނިޒާމާއި ނަރުދަމާ ނިޒާމާއި ގުޅިގެން ވެސް އުފެއްދި ކްރޮސް ސަބްސިޓީން ބޭނުންކޮށްގެންވެސް ބޮޑެތި ކޮރަޕްޝަންގެ އަމަލުތަށް ހިންގާފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ތަނެއް ދޮރެއް ނުދަންނަ ޕާޓީގެ މެމްބަރުންނައް އެ ވެރިކަމުގެ ތެރޭގައި ރާއްޖޭގެ އަގުބޮޑެތި އެސްޓްތައް ބަހާ ހުސްކޮށްފައިވާ ކަމަށާއި ދިވެހި ރާއްޖޭގެ ރަށްރަށުގައި ރައްޔިތުން ކަރަންޓު ފޯރުކޮށްދެމުން ދިޔައީ ފައިދާ ލިބޭގޮތަކަމަށް ފާހަގަ ކުރައްވަމުން ސުޖާއު ވިދާޅުވީ 2008 ވަނަ އަހަރަށް ފަހު އެކަން ވެސް ހުއްޓިގެން ގޮސްފައިވާ ކަމަށެވެ.
2019 ވަނަ ވެރިކަމަށް ވަޑައިގެން ބޭފުޅާ ވެސް ކޮރަޕްޝަނަށް ޒީރޯ ޓްލޮރެންސްއޭ ވިދާޅުވެ އެންމެ ފަހުން ފެނިގެން ދިޔައީ ކޮރަޕްޝަން ހިންގާ ބޭފުޅުންނަކީ މައުސޫމް ބޭފުޅުން ކަމަށް ހެއްދިތަން ކަމަށް ސުޖާއު ފާހަގަ ކުރެއްވި އެވެ.
މި ސަރުކާރުގެ ވިސްނުން އޮތީ ރައްޔިތުން ކޮރަޕްޝަންގެ ކަންކަމުން މި ގައުމު ސަލާމަތްކޮށްދިނުމަށް ކަމަށާއި މި ވެރިކަން ނޫނީޔާ ރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ދިރާސާކުރަން ކެރުން ވެރިކަމެއް މި ގައުމުގައި އުފެދިފައި ނުވާ ކަމަށް ސުޖާއު ފާހަގަ ކުރެއްވި އެވެ.