ads
ފިނޭންސް މިނިސްޓްރީ
ސުކޫކުގެ ކޫޕަން ޕޭމަންޓު: 25 މިލިއަން ޑޮލަރު ދައްކައިފި
ކުރީގެ ސަރުކާރުން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
Advertisement

މިއީ އަންނަ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ޕްރިންސިޕަލް ޕޭމަންޓުގެ ކުރިން ދައްކަންޖެހޭ އެންމެ ފަހު ކޫޕަން ޕޭމަންޓެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި، އަންނަ އަހަރު ސުކޫކުގެ ޕްރިންސިޕަލްގެ ގޮތުގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ވެސް ދައްކާނެ ކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް ދީފައިވެއެވެ. އަދި ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިހާތަނަށް ދައްކަންޖެހުނު އެއްވެސް ކޫޕަން ޕޭމަންޓެއް ލަސްކޮށްފައި ނުވާނެ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

މި ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް، ސުކޫކު އަދާކުރުމަށް ކުރިން ރާވާފައިވާ ޕްލޭނަށް އަދިވެސް އަމަލުކުރެވިފައެއް ނުވެއެވެ. މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ ސުކޫކު ރީފައިނޭންސް ކުރުމަށްޓަކައި އާ ސުކޫކެއް ވިއްކުމަށެވެ. 

ނަމަވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވުމުގެ ސަބަބުން ބާޒާރުން ފައިސާ ހޯދުމަށް ދަތިތަކެއް އެބަހުއްޓެވެ. ސުކޫކުގެ އިތުރުންވެސް އަންނަ އަހަރު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ޖެހިފައިވާކަން ފާހަގަކޮށްލެ ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް