ads
މިފްކޯ
މިފްކޯގެ ބޯޑަށް މަސްވެރިއަކު އައްޔަންކޮށްފި
މަސްވެރިން ތަމްސީލުކުރާނެ މެމްބަރަކު މިފްކޯގެ ބޯޑަށް މިއަދު އައްޔަންކޮށްފި އެވެ.
Advertisement

ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ހާމަކުރި ގޮތުގައި މަސްވެރިންގެ ތެރެއިން މިފްކޯގެ ބޯޑަށް ހަމަޖައްސާފައި ވަނީ ރީޝަމް މުހައްމަދު ޝަރީފް، ރިހިވެލި، ގދ.ތިނަދޫ އެވެ.

މިފްކޯގެ ބޯޑަށް މަސްވެރިންގެ ފަރާތުން ޑިރެކްޓަރަކު އައްޔަނުކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް އިއުލާނުކޮށް ހުޅުވާލައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައްޗަށް ރިޔާއަތްކޮށެވެ.

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް އެ ކުންފުނީގެ ބޯޑަށް މަސްވެރިންގެ ތެރެއިން މީހުން އައްޔަން ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.  

މީގެ ކުރިން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮތް މިފްކޯ އަކީ ސީދާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކުރީ މި ސަރުކާރު އައި ފަހުން ޑިސެމްބަރު 2023 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް