ads
ކޮސް ގިނަ މިސްޓޭކްގެ ޕޯސްޓަރެއް
ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް"ގެ ޓިކެޓް ބުކިންއަށް ހުޅުވާލައިފި
މި އަހަރުގެ ކުރީކޮޅު ޝޫޓިން ނިންމާފައި އޮތް ފިލްމު "ކޮސް ގިނަ މިސްޓޭކް" އަންނަ މަހުގެ 5 ގައި ގެނެސްދޭން ނިންމައި ޓިކެޓް ބުކިންއަށް ހުޅުވާލައިފި އެވެ.
Advertisement

ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ކޮސް ގިނަ މިސްޓޭކް" އަކީ ފިލްމުގެ ރޯލެއް ވެސް ކުޅެފައިވާ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ސްކްރީންޕްލޭއަކަޝް މަޝްހޫރު އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. 

އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދެވެ. މި ފިލްމް ޝޫޓްކޮށްފައިވަނީ މި އަހަރު ކުރީކޮޅު މ. މުލަކުގަ އެވެ.

މި ފިލްމުގައި މަޝްހޫރު ގިނަ ތަރީންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި އަހްމަދު ނިމާލް އާއި ހާމިދު އަލީ އާއި ޖުމައްޔިލް ނިމާލް އާއި އަލީ އާޒިމް އާއި އަލީ ސީޒަން އާއި އައިމިނަތު ރިޝްފާ އާއި މަރިޔަމް އައްޒަ ހިމެނެ އެވެ. 

މި ނޮވެންބަރު މަހުގެ ފަސްވަނަ ދުވަހު ޕްރިމިއާކުރަން ހަމަޖެހިފައިވާ މި ފިލްމް އޮލިމްޕަސް ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 19ގެ ނިޔަލަށެވެ. އެގޮތުން، މިހާރު މި ފިލްމްގެ ފަސް ޝޯއެއްގެ ޓިކެޓް ބުކިންއަށް ހުޅުވާލާފައިވާއިރު، 7743399 އަށް ވައިބާ މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަމަށް ފިލްމްގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފަ އެވެ.

މި ފިލްގެ ޓްރެއިލާއާއި ޕޯސްޓަރު ލޯންޗްކޮށްފައިވާއިރު، ފިލްމްގެ ޕޯސްޓަރުން އެކަނި ވެސް ފިލްމްގެ މަޖާކަން ފެނެއެވެ. ފިލްމްގެ ޓްރެއިލާއިން ވަނީ އެކްޓަރުންގެ މޮޅު އެކްޓިންގައި ކެމެރާ އަދި އެޑިޓިންގެ ފުރިހަމަކަން ދައްކުވައިދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް