ތަހުގީގު ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވާ ގްރޫޕުގައި ހިމެނެނީ ޒުވާން އުމުރުގެ މީހުންނެވެ. އޭގެ ތެރޭގައި އުމުރުން 19 އަހަރުން ފެށިގެން 26 އަހަރާއި ދެމެދުގެ މީހުން ހިމެނޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މީގެ ތެރޭގައި ކުރިންވެސް އެކި ކަހަލަ ކުށްތައް ކޮށްފައިވާ މީހުން ހިމެނޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
މި ގްރޫޕު ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރަން އަމުރުކުރީ މިއަދުއެވެ.