ads
ހުޅަނގު މޫސުމުގެ ބާރުގަދަކޮށްލާފައިވާއިރު، މީގެ ދެ ދުވަސް ކުރިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުން
ހުޅަނގު މޫސުން: އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި
ކުރިއަށް އޮތް ފަސް ދުވަހު ވެސް އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ން މިއަދު ބުނެފި އެވެ.
Advertisement

މެޓު އޮފީހުން އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:20 އިން ހަވީރު 3:00 އާ ހަމައަށެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ހެނދުނު 9:40 އިން މެންދުރުފަހު 1:00 އާ ހަމައަށެވެ.

އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.



މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އަދި ބުނީ އަންގާރަ ދުވަހުން ފެށިގެން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ވައި ވަރަށް ގަދަވާނެ ކަމަށެވެ. 

ހުޅަނގު މޫސުމުގެ ބާރުގަދަކޮށްލާފައިވާއިރު، މީގެ ދެ ދުވަސް ކުރިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް