ads
ގުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ލިބުނު ޝައިމް
ގައުމީ ގުރުއާން މުބާރާތުގެ ފަހުރުވެރި ވަނަތައް ހޮވާ އިނާމު ދީފި
ކީރިތި ގުރުއާން ކިޔެވުމުގެ 37ވަނަ ގައުމީ މުބާރާތުގެ ފަހުރުވެރި ރަންވަނަތައް ފާތިމަތު ޝާޔާ ޒާހިރު، އައިޝަތު ޝަބާ އަދި އަހުމަދު ޝައިމް ރިޟާއަށް ލިބިއްޖެ އެވެ.
Advertisement

ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ވަނަތައް ދިނުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މި ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައި ވަނީ ތަދްރީސުލް ގުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ޝާޔާ އެވެ. މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން އެެއް ވަނަ ހާސިލްކޮށްފައި ވަނީ މިލަދުންމަޑުުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޝަބާ އެވެ.

your imageގުރުއާން މުބާރާތުގެ ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ލިބުނު ޝަބާ

އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ޚާޞިލްކުރީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް އެވެ. މީގެ އިތުރުން މުޅި މުބާރާތުން އެއްވަނަ މުވައްސަސާއަކަށް ހޮވިފައިވަނީ އަލްމަދަރަސުލް އަރަބިއްޔަތުލް އިސްލާމިއްޔާ އެވެ.

އިނާމު ދިނުމުގެ ޖަލްސާގައިވަނީ އެކި އުމުރުފުރާތަކުން އެއްވަނަގެ އިތުރުން ދެވަނަ އަދި ތިންވަނައަށް ދިޔަ ބައިވެރިންނަށް ފައިސާގެ އިނާމާއި ހަނދާނީ ފިލާ އަދި ޝަރަފުގެ ފިލާވެސް ހަވާލުކޮށްފަ އެވެ. މިއަހަރުގެ ގައުމީ މުބާރާތަކީ، މިއީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބޭއްވި މުބާރާތެކެވެ. މުބާރާތުގެ ފެންވަރު މަތިކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.

ކީރީތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުން ވަނަވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ މި މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނާ ފަރާތްތަކަށް މަރުހަބާ ދަންނަވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތައް ސަރުކާރުން އެންމެ އިސްކަމެއް ދެއްވުމަށް ނިންމީ، ދީނީ ކަންކަމަށް ބާރުއަޅާ އެ ދާއިރާއިން ކުރިއަށްދިއުމަށް ހުރި މަގުތައް ފަހިކޮށްދިނުމަށްކަމަށެވެ. ގުރުއާން މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނަށް ސަރުކާރުން ބޮޑެތި އިނާމުތަކެއް މިއަހަރު ވަނީ ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް