އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކީރީތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުން ވަނަވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ މި މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނާ ފަރާތްތަކަށް މަރުހަބާ ދަންނަވާފަ އެވެ.
ގުރުއާން ކިޔެވުމުގެ 37ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިން ދިވެހީންގެ ތެރޭ އޮތް ރީތި އާދަތައް ވެެސް އަނބުރާ ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ ފަދަ އެއް ކަމަކީ މަޣްރިބު ނަމާދާއި އިޝާ ނަމާދާ ދޭތެރޭ، ނުވަތަ އާންމުކޮށް ކިޔައި އުޅޭ "ދެ ނަމާދު ދޭތެރޭ" ގުރުއާން ކިޔެވުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މިސްކިތްތަކުގައި ކިޔަވަން ތިބުމާއި، ގޭތެރޭ ވެސް ކިޔަވަން ތިބުމަކީ ކުރިން ފެންނަ މަންޒަރެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ޤުރުއާނަށް ލޯބިޖެހިފަވާ މުޖުތަމަޢުއެއް އުފެއްދުމަށް ސަރުކާރުން މި ދިން އިސްކަމަކީ، ވަރަށް މުހިމު ފެށުމެއްކަމަށް ރައީސް ވިދާޅުވި އެވެ. ގުރުއާނަށް ލޯބިޖެހިފަވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމައުއަކުން އެންމެ އިސްކަން ދޭންޖެހޭނެކަންކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ފަލާހާއި ކާމިޔާބު ދެ ދުނިޔޭގައި ވެސް ލިބެން އޮތީ ގުރުއާނުގައިވާ ކަންކަމަށް ތަބާވެެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރީތިކޮށް ގުރުއާން ކިޔެވުމަކީ ފަހުރުވެރިވާ ފަދަ ކަމަކަށް ހަދަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވަށާޖެހޭ ތަރައްގީއަކީ ސިކުނޑިން ވިސްނާ، އަމަލާއި ބަސް، އިސްލާމީ މަގުން ކުރިއަށްގެންދިއުމަށް ވިސްނުންކަމަށެވެ. މިކަމަށް މަގުފަހިކުރެވޭނީ އަމިއްލައަށް އެކަން ކުރަން ބޭނުންވެގެންކަށާއި ސަރުކާރުން އެކަމަށް ހިތްވަރުދީ މަގުތައް ކޮށައިދޭނެކަމަށް ރައީސް ވިދާޅުވި އެވެ. ހަގީގީ ބަދަލު ގެނެވޭނީ، އަމިއްލަ ހިޔާލާ ވިސްނުމާއި ފިކުރާއި ޢަމަލުތއް ތަރައްޤީކޮށް، ދާންވީ މަގު ސާފުވެގެންކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.