ads
ނާއްޕެ
ނާއްޕެ ހައްޔަރުކުރި ތަނުގެ ވީޑިއޯ ލީކުވެއްޖެ
ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި މަޝްހޫރު ޕްރެޒެންޓަރު ނާފިއު ރަޝީދު (ނާއްޕެ) އާއި އިތުރު ތިން މީހަކު ހައްޔަރުކުރި ތަނުގެ ކްރައިމް ސީންގެ ވީޑިއޯއެއް ލީކުކޮށްލައިފި އެވެ.
Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯއިން، އެ މައްސަލައިގައި ހާނިއްކަވި ކަމަށް ތުހުމަތުކުރެވޭ ދެ ކުޑަކުދިންގެ އިތުރުން، އެ ތަނުގައި ހަރަކާތްތެރިވި ފުލުހުން ވެސް ފެނެ އެވެ. މި ވީޑިއޯ ފޭސްބުކްގައި ވަރަށް ބާރަށް ދައުރުވަމުން އަންނައިރު، މިހާތަނަށް 57،000 އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން ފުލުހުން ބުނީ އެއީ ކުށުގެ ވެށީގައި ހަރަކާތްތެރިވި ފުލުހަކު ރިކޯޑުކޮށްފައިވާ ވީޑިއޯއެއް ނޫން ކަމަށެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން، ކުށެއްގެ ޝިކާރައަކަށް ވެފައިވާ ނުވަތަ ކުށެއްގެ ތުހުމަތުގައިވާ ކުއްޖެއްގެ  ހާމަވާފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް އާންމުކުރުމަކީ މަނާ ކަމެކެވެ. އެހެންކަމުން މި ވީޑިއޯ ލީކުވުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ތަނެއްގެ މަންޒަރު ލީކުވި މި ދަނޑިވަޅަކީ، އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނުން ޒާތީ ފޮޓޯއެއް ލީކުވި މައްސަލައިގައި ވެސް ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ފުލުހުން ޝިމަންގެ ފޯނު ހިފެހެއްޓިތާ 24 ގަޑިއިރު ނުވަނީސް، އޭނާގެ ޒާތީ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ފުލުހުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި ރައްކާތެރިކަމާއެކު ބަލަހައްޓާ ކަމަށް ބުނެފަ އެވެ.

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް