ads
ކުޑަކުދިން ގުރުއާން ކިޔަވަނީ
ރާއްޖޭގެ ކޮންމެ ރަށެއްގައި ހިލޭ ގުރުއާން ކިޔަވާނެ ނިޒާމެއް ގާއިމްކުރަނީ
ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ދަރިވަރުންނަށް އެއްވެސް އަގެއް ނެގުމެއް ނެތި ހިލޭ ގުރުއާން ކިޔެވޭނެ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement


 މިނިސްޓަރު މިހެން ވިދާޅުވީ، 37 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، މި އަމާޒަށް ވާސިލުވުމަށް ސަރުކާރުން ހާއްސަ ފަންޑުތަކެއް ގާއިމްކުރާނެއެވެ. އަދި އެ ފަންޑުތަކުގެ އެހީގައި އަމިއްލަ ފަރާތްތަކުން ހިންގާ ގުރުއާން ކްލާސްތަކަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، މިކަމުގެ ސަބަބުން ދަރިވަރުން ލާރި ދައްކައިގެން ގުރުއާން ކިޔަވަން ޖެހުން ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި 500 ހާފިޒުންނާއި 1000 ހަތީބުން ތަމްރީނުކުރުމަކީ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކޮށް، ހާއްސަ ވަގުފު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އިސްލާމިކް މިނިސްޓްރީއަކީ ހަމައެކަނި ހުތުބާ ލިޔާ ތަނެއް ނޫން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ދީނީ ކަންކަން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް