ads
ކޯސްޓު ގާޑު
ދޯންޏެއް އަޑިއަށް ގޮސް ބައިތައް އޮޔާދާތީ ސަމާލުވާން އަންގައިފި
ރަސްދޫއަށް ދަތުރުކުރަމުން ދިޔަ ޑައިވިން ދޯންޏެއް އަޑިއަށް ގޮސް، އޭގެ ބައިތައް އޮޔާދާން ފެށުމާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަންގައިފިއެވެ.
Advertisement

"ސްކޫބާ" ނަމަކަށް ކިޔާ އެ ދޯނި އަޑިއަށް ގޮސްފައިވަނީ އަލިހުރަސް ކަނޑު ސަރަހައްދުގައެވެ.

އެމްއެންޑީއެފުން ބުނީ، މި ދޯނި އަޑިއަށް ގޮސްފައިވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމަތިން ކަމަށެވެ. ދޯނީގެ ބައިތަކާއި އެހެނިހެން ތަކެތި ރަސްދޫގެ އިރުމައްޗަށްވާ ގޮތަށް އަލިހުރަސް ކަނޑުތެރޭގައި އޮޔާދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އަލިހުރަސް ކަނޑާއި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތައް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް، ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރުމުގައި އިތުރު ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް