ads
ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ގިރާވަރުގެ 610 ގޯތި ބަދަލުކުރަނީ: ރަސްމާލެ، ޔޫޓީއެފް ނުވަތަ ގުޅީފަޅު
ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބުނު 610 ފަރާތެއްގެ ގޯތި އެހެން ސަރަހައްދަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
Advertisement

ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވީ، އެ ގޯތިތައް ރަސްމާލެ، އުތުރު ތިލަފަޅު (ޔޫޓީއެފް) ނުވަތަ ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މި ނިންމުން އައީ ގިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މިދިޔަ ސަރުކާރުން ގިރާވަރުން 5186 ގޯތި ދޫކުރަން ނިންމާފައިވީ ނަމަވެސް، އާ ޕްލޭނާ އެކު އެ ސަރަހައްދުން ދޫކުރެވެން އޮތީ އެންމެ 3462 ގޯތި ކަމަށެވެ. އޭގެތެރެއިން 1114 ގޯތި މި ސަރުކާރުން ވަނީ މީގެކުރިން ގުޅީފަޅަށް ބަދަލުކޮށްފައެވެ. އެހެންކަމުން، ބާކީވާ 610 ގޯތި ދޫކުރާނެ ޖާގަ ގިރާވަރުގައި ނެތުމުން އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހުނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް