ads
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ - ފައިލް ފޮޓޯ: މަޖިލިސް
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު މަޖިލީހަށް
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

އެ ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ މީހުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށެވެ.

އެ ބިލުގައި އޭޖީ އޮފީހުން ވަނީ، ކުށުގެ ގޮތުގައި ކަންކަން ހިމަނައި، އަދަބު ކަނޑައަޅާފަ އެވެ. އެގޮތުން،

  • މީހެއްގެ ރުހުމެއް ނެތި ޓްރާންސްޕްލާންޓު ކުރުމަށް އެމީހެއްގެ ގުނަވަން ނެގުން ނުވަތަ އެފަދައިން ނަގާ ގުނަވަނެއް ޓްރާންސްޕްލާންޓު ކުރުން
  • ޓްރާންސްޕްލާންޓު ކުރުމަށް ޓަކައި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ވިއްކުން ނުވަތަ ގަތުން
  • ޓްރާންސްޕްލާންޓު ކުރުމުގެ ލައިސަންސް ނެތި ހިދުމަތް ދިނުމާއި ސައްހަ ނޫން މައުލޫމާތު ހުށަހެޅުމާއި އެނޫން ކަންކަން ކުރުން މަނާވާއިރު، ކޮށްފިނަމަ އަދަބު ދޭނެ

ބިލުގައިވާ ގޮތުން، ޓްރާންސްޕްލާންޓު ކުރުމުގެ ހުއްދަ ދިނުމަށް ފަހު މިންގަނޑާ އެއްގޮތަށް އެ ތަންތަން ހުރިތޯ ބަލާނީ ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ކޮލިޓީ ކޮންޓްރޯލާ ކަމަށެވެ.

އެގޮތުން، ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނާ ގުނަވަން ޓްރާންސްޕްލާންޓު ކުރުމަށެވެ.

އެ ބިލްގައި ބުނާގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭނެ އެވެ. އަދި ގުނަވަން ހަދިޔާ ކުރެވޭނީ އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ކައުންސިލެއްގެ ހުއްދަ ލިބިގެންނެވެ. އަދި އެކަމުގައި ސިއްހީ ދާއިރާގެ ފަރާތްތަކުގެ ލަފާ ވެސް ހޯދަންޖެހެ އެވެ.

މި ގާނޫނާއެކު 5 މެންބަރުންގެ މައްޗަށް އެކުލަވައިލެވޭ "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އެއްވެސް އުފައްދާނެ އެވެ. ގުނަވަން ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދޭނީ މި ކޮމިޓީންކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފަ އެވެ.

ބިލުގައިވާގޮތުން އެއްވެސް މީހެއްގެ ނުރުހުމުގައި އޭނާގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގައި އެހީތެރިވުމާއި އެ ކަމެއް ކުރުމަކީވެސް ކުށެކެވެ. އެފަދަ ކަމެއްގައި އެހީތެރިވާ މީހުންނާއި ސިއްހީ ހިދުމަތްތެރިން ޖޫރިމަނާ ކުރުމުގެ އިތުރުން ޖަލު އަދަބު ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި އެފަދަ ކުށެއް ކުރި ސިއްހީ ހިދުމަތް ދޭ ތަނެއް ޖޫރިމަނާ ކުރުމަށްވެސް ވަނީ ބިލުގައި ހިމަނުއްވާފަ އެވެ.

މި ބިލުގައި ބުނެފައިވާގޮތުގައި ޓްރާންސްޕްލާންޓް ކުރުމަށް ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ވިއްކުމާއި ގަތުމަކީވެސް ކުށެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް