ads
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)
ފެނަކައިގެ ހިންގުން ވަގުތުން ހުއްޓުމަކަށް ގެންނަން ޝާހިދު ގޮވާލައިފި
ފެނަކަ ކޯޕަރޭޝަންގެ ހިންގުން ވަގުތުން ވަގުތަށް ހުއްޓުމަކަށް ގެންނެވުމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު، ސަރުކާރަށް ގޮވާލައްވައިފި އެވެ.
Advertisement

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ނާގާބިލުކަމާއި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކުގެ ސަބަބުން އެ ކުންފުންޏަކީ އިތުރަށް ހިންގޭނެ ތަނެއް ނޫން ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ފެނަކައާ އެކު ކުރިއަށް ދެވޭނެ އެއްވެސް ޖާގައެއް މިހާރު ނެތީ ދިވެހި ރައްޔިތުންނާއި ބޭރުގެ ސަޕްލަޔަރުންގެ އިތުރުން އެތަނުގެ މުވައްޒަފުންގެ އިތުބާރު ވެސް އެ ކުންފުންޏަށް މުޅިން ގެއްލިފައިވާތީ އެވެ. "މިއަދުގެ ސަރުކާރަށް ގޮވާލަން ވަގުތުން ވަގުތަށް ފެނަކަ ހުއްޓުމަކަށް ގެނައުމަށް. ސަބަބަކީ ރާއްޖޭގެ ރައްޔިތުންގެ އިތުބާރެއް ނެތް، ބޭރުގެ ސަޕްލަޔަރުންގެ އިތުބާރެއް ނެތް،" ޝާހިދު ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ނުވަތަ އިންޖިނިއަރަކަށް ކިތަންމެ ގާބިލް ބޭފުޅަކު ހުއްޓަސް، މީގެ ކުރިން ހިންގާފައިވާ ވައްކަންތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އަލުން ހޯދޭނެ ގޮތެއް ނެތެވެ.

މެންބަރު ޝާހިދު ވަނީ ފެނަކައިގައި ހިންގާފައިވާ ކަމަށް ބުނާ ބޮޑެތި ވައްކަންތަކަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން 50 މިލިއަން ރުފިޔާގެ އިންވޮއިސްއަކުން 25 މިލިއަން ރުފިޔާ ދިނުމަށް ހުށަހެޅުމަކީ ވިޔަފާރީގެ އެއްވެސް އުސޫލަކުން ހިނގާ ކަމެއް ނޫންކަން ފާހަގަކުރެއްވި އެވެ. ޝާހިދު ވިދާޅުވީ، މި ވާހަކަތައް ދައްކަވަނީ ބަދަލު ހިފުމުގެ ރޫހެއްގައި ނޫން ކަމަށާއި، ނަމަވެސް އިންސާފު ގާއިމުކުރުމަށް ކަމަށެވެ. އަދި މި ސަރުކާރަކީ އިސްލާމީ އުސޫލުތަކުގެ މަތީގައި ގައުމު ހިންގުމަށް ވަޢުދުވެފައިވާ ސަރުކާރެއްކަމުން މިފަދަ ކަންކަން ބަލަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް