ads
ރައީސް މުއިއްޒު ބިލެތްފަހިގެ ރައްތިތުންނާ ރޭ ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމާމެދު އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސް
ރާއްޖެއިން އަންނަ އަހަރުގެ އޭޕްރިލް މަހަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ)ގެ ސުކޫކު ދެއްކުމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ށ. ބިލެތްފަހި ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގްތިސާދީ ހާލަތު ގޯސްކޮށް އޮތް ނަމަވެސް ސަރުކާރުން ރޭވުންތެރިކަމާ އެކު ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދާ ކަމަށެވެ. އެހެންވެ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދިވެހި ދައުލަތުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމަންޓް ޚަލާސް ކުރުމުގައި މިހާރު ކަންބޮޑުވުމެއް ނެތް ކަމުގައި ވިދާޅުވި އެވެ.

"ރާއްޖެ ޑީފޯލްޓް އިރާދަކުރެވިއްޔާ ނުވާނެ. ފުރިހަމައަށް އިރާދަކުރެވިއްޔާ އަޅުގަނޑުމެން މިހުރީ ތަރުތީބުކޮށްފައި. އަޅުގަނޑުމެންގެ ރިޒާވްވެސް އިރާދަކުރެވިއްޔާ ހުރީ ރަނގަޅު ގޮތުގައި،" ރައީސް ވިދާޅުވި އެވެ

ރިޒާވުގެ ހާލަތު ހުރީ ރަނގަޅުކޮށް ކަމަށާއި ހުރިހާ ކަމެއް ރަނގަޅަށް ގެންދަމުން، ތަރައްގީގެ ކަންކަން ހާސިލުކޮށްދެމުން ކުރިއަށް ދިޔުމަށް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެހެން ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށްވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) މި ސަރުކާރުން މި މަހު ދެއްކި އެވެ.

އެ ސުކޫކުގެ ކޫޕަން ފައިސާ ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރީލް އަދި އޮކްޓޫބަރު މަހު އެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް ގަ އެވެ. އެހެންކަމުން، އަންނަ އަހަރުގެ އޭޕްރީލް މަހު 25 މިލިއަން ޑޮލަރުގެ އެންމެ ފަހު ކޫޕަނާ އެކު، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް