ads
ފީވަކު ސްކޫލް އިމާރާތްގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން
ށ. ފީވަކު ސްކޫލް އިމާރާތްގެ އަމަލީ މަސައްކަތް ފަށައިފި
ށ. ފީވަކު ސްކޫލް އިމާރާތްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
Advertisement

މިއަދު ފީވަކުގައި ބޭއްވި ރަސްމީޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ އިސްވެރިން އަދި މަޖިލީހުގެ މެމްބަރުން އަދި ފީވަކު ކައުންސިލްގެ އިސްވެރިން އަދި ރައްޔިތުން ބައިވެރިވެވަޑައިގެންފައިވެ އެެވެ.

މި މަޝްރޫއު ފައްޓަވައި ދެއްވީ ލޯކަލް ގަވަންމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރޓޑ) އަހުމަދު ސައުދީ އެވެ. 

އެމްޓީސީސީން މައުލޫމާތުދިން ގޮތުގައި މި އިމާރާތް ނިމުމާއި އެކު އެ ރަށުގެ ތިބިގެން އެ ރަށުގައި ތިބިގެން ތައުލީމީ ފުރުސަތު ލިބިގެން ދާނެ ކަމަށާއި މިކަމުގެ ސަބަބުން ތައުލީމީ ޖީލެއް ބިނާ ކުރުމަށް އެ ރަށުގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމުގަ އެވެ. 

މި މަޝްރޫއުގެ ދަށުން 6697 އަކަ ފޫޓުގެ ސަރަހައްދެއްގައި 19 ކްލާސް ރޫމްގެ 3 ފަންގިފިލާގެ އިމާރާތެއްް އިމާރާތް ކުރެވިގެން ދާނެ ކަމަށް އެ ކުންފުނިން ބުނި އެވެ. 

your imageފީވަކު ސްކޫލް އިމާރާތްގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން

މީގެ އިތުރުން 4736 އަކަފޫޓުގެ ސަރަަހައްދެއްގައި 2 ފަންގިފިލާގެ އޮފީސް އިމާރާތެއް އިމާރާތް ކުރެވޭނެ ކަމަށާއި 2 ފަންގިފިލާގެ މަލްޓި ޕާޕަސް ހޯލެއްގެ އިތުރުން 1 ފަންގިފިލާގެ ސެކިއުރިޓީ ރޫމެއް އިމާރާތް ކުރެވިގެން ދާނެ ކަމަށް އެ ކުންފުނިން ފާހަގަ ކުރެ އެވެ. 

މި މަސްރޫއުއަކީ 540 ދުވަސްތެރޭ ނިންމަން ޖެހޭ މަސްރޫއެއް ކަމަށާއި މި ކަމަށް ޖުމްލަ 58.89 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް