ads
ބިން ހިއްކުމުގެ ހުރިހާ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާނީ އެއް ފަހަރާ: ރައީސް
ހުރިހާ ބިން ހިއްކުމުގެ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާނީ އެއްފަހަރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެ އަތޮޅު ތިން ރަށެއްގައި އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރަށްރަށުގައި އެއްފަހަރާ އެފަދަ ކަންކަން ކުރަން ފަށާފައިވާތީ އެކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރުގެ ކޮންމެ ކަމެއްގައި ޕްލޭނެއް އޮތް ކަމަށެވެ. އެކަން ކުރާނެ ގޮތާމެދު ސުވާލު އުފައްދާ މީހުންނަށް ރައީސް ވަނީ ރައްދު ދެއްވައިފަ އެވެ. 

"ހުރިހާ ބިން ހިއްކުމުގެ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާނީ އެއްފަހަރާ، މިދިޔަ ދެތިން މަސް ތެރޭގައި ބޭރުގެ އެންމެ ފެންވަރު ރަނގަޅު، އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏެއް މެދުވެރިކޮށް ޑްރެޖަރު ގެނައުމަށް ހަވާލު ކޮށްފައިވާ ކަމަށާއި މި މަސް ނިމޭއިރު އޭގެ ތެރެއިން އެއް ޑްރެޖަރު ގެންނާނެ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ފަށަނީ ވައުދެެއް ވެފައި އޮތުމުން ކަމަށާއި އަދި އެއަށްފަހު އެކަން ހުއްޓާލަން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަމެއް ނިންމައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިލަދުންމަދުލު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ މަޝްރޫއުތަކެއް އަންނަނީ އެކި ކުންފުނިތަކާ ހަވާލުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް