ads
ށ. އަތޮޅު ފުނަދޫއަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެރަށު ރައްޔިތުން ނުކުމެ މަރުހަބާ ކިޔަނީ
ބޭރަށް ފަރުވާއަށް ދާން ނުޖެހޭގޮތް ހަދަން، އަންނަ އަހަރު 500 މިލިއަން ރުފިޔާގެ ބަޖެޓެއް
ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސާޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، އަންނަ އަހަރު ސިއްހީ ދައިރާއަށް 500 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް ހޭދަކުރާނެކަމަށެވެ. އެގޮތުން އޭގެތެރެއިން 500 މިލިޔަން ރުފިޔާ ސިއްހީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތައުލީމީ ދާއިރާއަށް އެކަށައަޅުއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ، ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށްކަމަށެވެ. އަދި މި ދެ ދާއިރާގެ ތަރައްގި ކަށަވަރުކުރެއްވުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަވާނޭ އައު މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ތައުލީމީ ދާއިރާގައި ހާއްސަ ސަމާލުކަމެއް ދެއްވާނޭ ދެ ކަމެއް، ރަޢީސް ޑރ، މުއިއްޒު ފާހަގަކުރެއްވިއެވެ. އެއީ އިންކްލޫސިވް އެޑިއުކޭޝަނާއި މަތީ ސާނަވީ ތައުލީމު މުޅި ރާއްޖެއަށް ފުޅާކުރުމެވެ. ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިއުކޭޝަން ދާއިރާއިން އިތުރު މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދަވާނޭކަމަށްވެސް ރަޢީސް ވިދާޅުވިއެވެ. އަދި ދަރިވަރުން ބޭނުންވާ ދާއިރާއަކުން މަތީ ސާނަވީ ފެންވަރަށް ކިޔެވޭނޭ ފުރުސަތު ފަހިކޮށްދެއްވައި، އަންނަ އަހަރު ވޮކޭޝަނަލް ހައި ސްކޫލެއްވެސް ގާއިމުކުރައްވާނޭކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ސިއްހީ ދާއިރާއާށް އަލިއަޅުއްވާލައްވަމުން، ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސާޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭކަމަށެވެ. އެގޮތުން މާލެ އާއި، ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ސިއްހީ ހިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއާ އަށް ސަމާލުކަން ދީގެންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް