މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުކުރަމުން ދަނިކޮށް ބަނޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިން ކްރާފްޓް ދަތުރުކުރަމުން ދިޔަ ހަތް މީހުންގެ ތެރެއިން 4 މީހަކު ވަނީ ސަލާމްތަކޮށްފައެވެ.
އަނެއް 3 މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އޭގެތެރެއިން އެކަކު ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.