ads
މާލެ އަތޮޅު އާއިލާފުށި ކައިރިއަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން މީހުން ސަލާމަތްކުރަން ސިފައިން މަސައްކަތްކުރަނީ - ފޮޓޯ: އެމްއެންޑީއެފް
ބަނޑުން ޖަހާލި ކޮޅު ވެއްޓިން ގެއްލުނު އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރު ކުރަމުން ދަނިކޮށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
Advertisement

ޖުމުލަ ހަތް މީހުންނާ އެކު ދަތުރުކުރި ކޮޅުވެއްޓިން ހަތަރު މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އަދި، ތިން މީހުން ގެއްލިގެން ފުލުހުންނާއި ސިފައިން އަންނަނީ އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. 

މީގެ ކުރިން ސިފައިން ވަނީ އޭގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް ބުނެފަ އެވެ. އެއީ، ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާނެވެ. އޭނާ ފެނުނީ މަރުވެފައި އޮއްވަ އެވެ.

ސިފައިން ވަނީ ހޯދަމުން އައި އިތުރު މީހެއްގެ ހަށިގަނޑު ވެސް ކަނޑު އަޑިން ފެނިފައިވާ ކަމަށް ބުނެފަ އެވެ.

މިހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފުން ކުރިން ބުނި ގޮތުގައި ލޭންޑިން ކްރާފްޓް ދަތުރުކުރަމުން ދިޔައީ ރީތިރަށް ރިސޯޓަށެވެ. ނަމަވެސް އެމްއެންޑީއެފުން ފަހުން ބުނެފައިވާ ގޮތުން އެ ލޭންޑިން ކްރާފްޓް ދަތުރުކުރީ ރީތިރަށް ރިސޯޓު ކައިރީގައި އޮންނަ ކ. އެރިޔަދޫއަށެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އަދި، ކަނޑުތައް ގަދަވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ސިފައިންނާއި ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް