ads
ބާނި ހަރަކާތުގެ ތެރެއިން ފީނުމުގެ ދުނިޔޭގެ ރެކޯޑު ގާއިމުކުރުމުގެ ލިޔުން ހަވާލުކުރަނީ. - ފޮޓޯ: ވީއެމްސީ
ފީނުމުގެ ދުނިޔޭގެ ރެކޯޑު ރާއްޖެއިން ގާއިމުކޮށްފި
ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން ކުރިއަށް ގެންދިޔަ "ބާނި" ހަރަކާތުގައި އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި, ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.
Advertisement

ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވިކަމަށް ވީއެމްސީން ބުންޏެވެ.

ފީނުމުގެ މި ހަރަކާތުގައި ބައިވެރިން ރެކޯޑު ހެދުމަށްޓަކައި ދޮޅު މިނެޓު ވަނީ ހޭދަކޮށްފަ އެވެ.

މި ހަރަކާތާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، މި ހަރަކާތުން ފެނިގެން ދިޔައީ ދިވެހީންގެ އެއްބައިވަންތަކަން ކަމަށާއި، ދިވެހީންގެ ކަނޑު ހިމާޔަތްކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދޭން ދިވެހީން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.

your imageބާނި ހަރަކާތުގެ ތެރެއިން ފީނުމުގެ ދުނިޔޭގެ ރެކޯޑު ގާއިމުކުރުމަށް ބައިވެރިވި މީހުން. - ފޮޓޯ: ވީއެމްސީ

މި ހަރަކާތަށް ފަހު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ވަނީ ރެކޯޑު މުގުރާލިކަމުގެ ލިއުމާއި ފިލައާއި ނިޝާން ބ. އަތޮޅު ކައުންސިލަށް އަރުވައިފަ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމާ އެކު ބ. އަތޮޅަކީ ޝައުގުވެރި އެތައް ކަމެއް ހުރި އަތޮޅެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ.

އެ އަތޮޅަކީ މިހާރު ވެސް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި މަޝްހޫރު އަތޮޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް