ގިނަ އަދަދެއްގެ މުދަލާއި އެކު މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަނިކޮށް ނަސްރު ބޯޓު އަޑިއަށް ދިޔައީ މިދިޔަ ހުކުރި ދުވަހުއެވެ. މި ބޯޓް އަޑިއަށް ދިޔައިރު އެއިން ދަތުކުރަމުން ދިޔައީ ފަސް މީހުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް ވަނީ ބޯޓް އަޑިއަށް ދިޔަވަގުތު އަނިޔާވެފައެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަސްރު ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ނ. ފޮއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިއުދަގޫ ހާލަތުން އަރައިގަތުމަށް އެހީތެރި ކަން ފޯރުކޮށްދިނުމުގެ ގޮތުން އެރަށުގެ ރައްޔިތުންނަށް ބޭނުންވާނެ ކާޑުގެ ބާވަތަތަކުގެ ތެރޭގައި ހިމެނޭ ހަނޑޫ ، ހަކުރު ، ފުށް ފޮއްދޫ އަށް ފޮނުވުމަށް ނިންމެވިކަމަށެވެ. އަދި އޭގެއިތުރުން ދެވެން ހުރި އެހީތައް ދިނުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
ހދ. ނޭކުރަންދޫ މީހަކު ދުއްވާ ނަސްރު ބޯޓު އަޑިއަށް ދިޔައިރު އެކި ރަށްރަށް ބާލަން ޖެހޭ ގިނަ އަދަދެއްގެ މުދާ އެ ބޯޓުގައި ބަރުކޮށްފައި ހުރިކަމަށްވެއެވެ. އޭގެތެރޭގަައި ކުމުންދު އާއި ނޭކުރެންދޫގެ އިތުރުން އެ އަތޮޅު ވައިކަރަދޫ އާއި ކުރިނބީއަށް ގެންދަން ޖެހޭ ހުރި މުދާ ހުރިކަމަށްވެއެވެ. އަދި މިތަކެތީގެ އަގު މިލިއަނުން މައްޗަށް އަރާކަމަށްވެސް އެނގިފައިވެއެވެ.
ކުމުންދޫ ކައުންސިލުން ވަނީ ނަސްރު ބޯޓު އަޑިއަށް ދިޔުމުން މާލީ ގޮތުން ގެއްލުންވީ މީހުން އެކަން މާދަމާގެ ނިޔަަލަށް އެ ކައުންސިލަށް އަންގަން އެދިފައެވެ. އެގޮތުން އެ މައުލޫމާތު އެއްކުރަމުން އަންނަކަމަށް ކައުންސިލުން ބުނެއެވެ.