މި މަސައްކަތުގެ މަގްސަދަކީ އިސްލާމިކް ލައިބްރަރީ އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކުރުން ކަމަށް ޒަކާތް ހައުސް އިން ބުނެ އެވެ.
އިސްލަމީ ކުތުބުހާނާ ގާއިމް ކުރެވިފައިވަނީ ކިންގް ސަލްމާން މިސްކިތުގައި އެވެ.
މި މަސައްކަތަކީ އިސްލާމީ ތައުލީމީ ވަސީލަތްތައް އިތުރުކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީއާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެ އިދާރާއިން ފާހަގަ ކޮށްފައިވެ އެވެ.
ޒަކާތު ހައުސް އިން ކޮށްފައިވާ އިއުލާނެއްގައިވަނީ، ފޮތްތައް ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފޮތްތަކާ ގުޅޭ މައުލޫމާތު އެ އިދާރާގެ އީމެއިލް އަށް ފޮނުވައި ދެއްވުމަށް އެދޭ ކަމުގަ އެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އެހީތެރިކަމަށް އެދި، ޒަކާތު ހައުސްގެ 3021414 ނަންބަރާ ގުޅުއްވުމަށް ނުވަތަ 7328990 ނަންބަރަށް ވަޓްސްއެޕުން މެސެޖުކުރައްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ