14 އޮކްޓޫބަރުގައި ކުރިއަށް ގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) ގެ ސީނިއާ ލެކްޗަރާ ޕްރޮފެސަރު ޑރ. އަޒްމާން ބިން މޮހްދް ނޫރެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ޒަކާތާ ގުޅޭ މުހިންމު ސެޝަންގެ ތެރެއިން
މި ސެޝަން އިންތިޒާމުކޮށްފައިވަނީ މޯލްޑިވްސް ޒަކާތު ހައުސް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވާ ސެކްޝަނުން، އައި.އައި.ޔޫ.އެމް އާ ގުޅިގެންކަމަށާއި މި ސެޝަން އަކީ 29 އޭޕްރިލް 2025 ގައި ޒަކާތު ހައުސްއާއި އައި.އައި.ޔޫ.އެމް އާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ހަރަކާތެއް ކަމަށް ޒަކާތް ހައުސް އިން މައުލޫމާތުދެ އެވެ.
މި ހަރަކާތުގައި ރާއްޖޭގެ ޢިލްމުވެރިންނާއި ޒަކާތު ހައުސް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް އެ އިދާރާއިން ފާހަގަ ކޮށްފައިވެ އެވެ.
ސެޝަންގައި، މުދަލު ޒަކާތުގެ ތެރޭގައި ހިމެނޭ އައު އާމްދަނީ ލިބޭ ވަސީލަތްތަކުން ޒަކާތް ދައްކާނެގޮތާއި އަދި އެ މުދަލުގެ ނިޞާބު ފަދަ މުހިންމު މައުލޫތަކާމެދު މަޝްވަރާކުރެވުނު ކަމަށާއި މެލޭޝިއާ އާއި ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމުގެ އުސޫލުތައް އަޅާކިޔައި، ދެ ގައުމުގެ ތަޖުރިބާތަކާއި މައުލޫމާތު ހިއްސާކުރެވުން ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.