ލީ ބުނީ ޝާހް ރުކް ހާން އާ ބައްދަލުވުމަކީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށެވެ.
ނެޓްފްލިކްސްގެ މަގުބޫލު ސީރީޒް "ސްކުއިޑް ގޭމް" ގެ ޕްލޭޔާ ނަމްބަރު 456، ސޮންގް ގީ-ހުންގެ ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލީ އަކީ "އެސެސިނޭޝަން" އަދި "ދަ ތީވްސް" ފަދަ މަޝްހޫރު ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިވާ ހުނަރުވެރި އެކްޓަރެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ "ސްކުއިޑް ގޭމް" އެވެ.
މި ފޮޓޯ ލީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. ދެ ތަރިން އެކުގައި ފެނިގެން ދިޔުމުން ދެ ތަރިންގެ ފޭނުން ވަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭގޮތުން ޝައުގުވެރިކަން ފާޅުކޮށްފައެވެ.