މިކަމާއި ގުޅިގެން ދިރާގުން ބުނީ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20ރ. އިން މަތިން ރީލޯޑް ކޮށްގެން ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތައް މި ޕްރޮމޯޝަންގައި ހޯދޭނެ ކަމުގަ އެވެ.
މި ޕްރޮމޯޝަންގައި ދިރާގު މަމެން، ދިރާގް ސުޕާ އަދި ދިރާގް ޕްރީޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނައްވެސް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކު ކޮންމެވެސް އެއް ކަސްޓަމަރަކަށް 100 ޖީބީ ޑާޓާ ލިބޭނެ ކަމަށާއި ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް އެއްފަރާތަކަށް ބޮޑު އިނާމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ގޮތުން ފުރަތަމަ ހަފްތާގެ ނަސީބުވެރި ފަރާތަށް ޕީއެސް5 ޕްރޯ އެއް ލިބޭ އިރު ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ލިބިގެންދާނީ ނިންޓެންޑޯ ސްވިޗްއެއް ކަމަށާއި ތިން ވަނަ ހަފްތާގެ ނަސީބު ވެރިއަކަށް ރޭބަން މެޓަ ސްމާޓް ގްލާސެސްއެއް ލިބޭ އިރު ހަތަރު ވަނަ ހަފްތާގެ ނަސީބުވެރިޔާ އަށް ލިބިގެން ދަނީ އެންމެ އަގުހުރި އިނާމުކަމުގައިވާ އައިފޯން 17 ޕްރޯ ކަމަށް ދިރާގުން ބުނެ އެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދަނީ މިމަހުގެ 16 ވަނަ ދުަވހުން ފެށިގެން އަންނަ ނޮވެމްބަރުގެ 11 ވަނަ ދުވަހާއި ހަމައަށް ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން އިތުރަށް ބުނީ ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ހަފްތާއަކުވެސް ހުރިހާ ބައިވެރިންގެ ތެރެއިން ގުރުއަތުން ކޮންމެެވެސް އެއްބައިވެރިއަކު ހޮވިގެންދާނެ ކަމުގައި އެވެ.
ދިރާގުން ފާހަގަ ކުރާ ގޮތުގައި އެ ޕްރޮމޯޝަންގެ ދަށުން ހޮވޭ ނަސީބުވެރިއަކަށް އިނާމު ހަވާލުކުރެވޭނީ ނަމްބަރު ރަޖިސްޓްރީ ކުރެވިފައިވާ ފަރާތް އިނާމު ބަލާ އައުމުން އެކަނި ކަމަށެވެ.