އިމިގްރޭޝަން އިން ބުނެފައިވަނީ އިއްޔެ ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ބިދޭސީން އުޅޭތަންތަން ބަލާ ޗެކް ކުރެވިފައިވާ ކަަމަށެވެ.
މި ގޮތުން އިއްޔެ އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ހިމެނޭ ބާ ދަގަނޑުގެ ވިޔަފާރިކުރާ ތަންތަނަށް އަމާޒުކޮށް ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
އިމިގްރޭޝަންއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން
މި އޮޕަރޭޝަނުގެ ދަށުން ޖުމްލަ 21 މީހަކު ޗެކުކޮށް، އޭގެ ތެރެއިން 14 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާއިން ފާހަގަ ކުރެ އެވެ.
މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ މުވައްޒިފުންގެ އިތުރުން ފުލުހުންވެސް ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އިމިގްރޭޝަންއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން
މި މަހުގެ ސޯޅަ ވަނަ ދުވަހުވެސް އިމިގްރޭޝަނުން ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގާފައި އެވެ.
މި އޮޕްރޭޝަންގެ ތެރޭގައި ގަވައިދާ ހިލާފަ އުޅުނު 12 ބިދޭސީންނެއް އިމިގްރޭޝަނުން ހިފަހައްޓައިފިކަމަށް އެ އިމިގްރޭޝަނުން ބުނެފައިވެ އެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން ބޮޑު އޮޕަރޭޝަން ތަކެއް ކުރިޔަށް ގެންދަން ރާވާފައިވާ ކަމަށެވެ.
16 ވަނަ ދުވަހުގެ އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނުވުން 12 މީހުގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހުންނާއި ބިދޭސީން ރެކްރޫޓްކޮށް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިއަ 3 މީހުންގެ އިތުރުން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިއަ 4 މީހުން ހިމެނޭ ކަމަށް އެ އިދާރާއިން މައުލޫމާތުދީފައިވެ އެވެ.