ads
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ -ފޮޓޯ: މަޖިލިސް
މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންނަށް ރުހުންދީފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުކަމަށް، ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ސަފާ ޝަފީގު އާއި އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މުހައްމަދު ފަރުސަތު އައްޔަންކުރަން މަޖިލީހުން ރުހުންދީފި އެވެ.
Advertisement

މި ތިން ބޭފުޅުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 54 މެންބަރަކު ވަނީ ރުހުން ދެއްވާފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރި އަށް ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ތިން ބޭފުޅުންގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ފަރުސަތު، ސަފާ އަދި ސަރާހަތު އެވެ. މި ތިން ބޭފުޅުންގެ ތެރެއިން ފަރުސަތުއަށް 90.50 ޕަސަންޓު ލިބިފައިވާއިރު، ސަފާއަށް 88.88 ޕަސަންޓު އަދި ސަރާހަތަށް 87.88 ޕަސަންޓު ލިބިފައިވެ އެވެ. މި ތިން ބޭފުޅުން އައްޔަންކުރުމާ ދެކޮޅަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.

އާ ގާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާ ކޮމިޝަންގައި ހިމެނެނީ ޖުމްލަ ހަތް މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މީޑިއާތައް ތަމްސީލުކުރާ ހަތަރު މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނެވެ. މީޑިއާތައް ތަމްސީލުކުރާ ހަތަރު މަގާމަށް މެންބަރުން ހޮވާފައިވަނީ ވާދަވެރި އިންތިހާބަކާ ނުލަ އެވެ. އެއީ އެ މަގާމުތަކަށް ކުރިމަތިލީ މެންބަރުންގެ އަދަދު، އިންތިހާބު ކުރަންޖެހޭ އަދަދާ އެއްވަރުވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް