ads
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު
އިސްލާހު ފާސްވެއްޖެނަމަ ރިސޯޓުތައް ހަލާކުވެގެންދާނެ: ޝަމްހީދު
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްފިނަމަ، ރާއްޖޭގައި މިހާރު ހިނގަމުންދާ ޓޫރިޒަމް ވިޔަފާރިތައް ހަލާކުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
Advertisement

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ، މި އިސްލާހުގެ ސަބަބުން މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް، އާ ގާނޫނުގެ ދަށުން ހަދާ 'ސަސްޓެއިނެބަލް ޓައުންޝިޕް' ތަކާ ވާދަނުކުރެވޭނެ ކަމަށެވެ.

ޝަމްހީދު މިކަން ސިފަކުރެއްވީ، އާ އިސްލާހުގެ ދަށުން ތަރައްގީކުރާ ޓައުންޝިޕްތަކަށް ލިބިގެންދާ ބޮޑެތި ޓެކްސްގެ ތަކުލީފުތަކުގެ ސަބަބުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ މިފަދަ ތަންތަނަށް އިމްޕޯޓް ޑިއުޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ މުހިންމު ޓެކްސްތަކުން ބަރީއަކޮށްދެއެވެ. މިކަމުގެ ސަބަބުން، މިހާރުވެސް ދައުލަތަށް ޓެކްސް ދައްކަމުން އަންނަ ރިސޯޓު ވިޔަފާރިތަކަށް އަގުގެ ގޮތުން ވާދަކުރުމަކީ ނުކުރެވޭނެ ކަމަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމްހީދު ވަނީ މި އިސްލާހަކީ ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށް ގެންގުޅޭ ނުރައްކާތެރި އިސްލާހެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ބިލުގެ އަސްލު މަގުސަދަކީ ނ. އަތޮޅުގައި 11 ރަށް ހިއްކައިގެން ތަރައްގީކުރާ ރިސޯޓެއް އެސްއީޒެޑްއަކަށް ހަދައި، އެތަނަށް ޓެކްސްގެ ތަކުލީފު ދިނުމެވެ. އަދި ވިލާއެއް ވިއްކުމުން ދައުލަތަށް ފުރަތަމަ ފަހަރު ލިބެނީ އެންމެ އެއް ޕަސަންޓު ކަމަށާއި، މިއީ ބޭރު މީހުންނަށް ރާއްޖޭގެ ބިން ހިލޭ ދިނުމަށް ފަހިކޮށްދޭ ކަމެއް ކަމަށްވެސް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް