ads
ތިލަފުށި
ބޮޑު ވައްކަން: ވަގަށް ނެގި ކޮންޓެއިނަރުގެ ބައެއް ބައިތައް ހޯދައިފި
ކަސްޓަމުން ހިފަހައްޓާފައިވަނިކޮށް، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދާފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
Advertisement

ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމުގެ އޮޕަރޭޝާނެއް ހިންގައި، ވަގަށް ނަގާފައިވާ ދެ ކޮންޓެއިނަރުގެ ބައިތައް ހޯދާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. 

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގީ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓައެވެ. އެ ވައްކަމުގައި ދެ ކޮންޓެއިނަރުވަނީ ވަގަށް ނަގާފައެވެ. 

މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހުން ފުރުން މަނާކޮށް ބައެއް އުޅަނދުތަކާއި ތަންތަން ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މި މިކަން ހިންގާ ރޭވުމުގައި އިސްކޮށް އުޅުނު ހަތަރު މީހަކުވަނީ ކުރިން ހައްޔަރުކޮށްފައެވެ. އެއީ ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ އަދި ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލްއެވެ. 

މިދިޔަ އޭޕްރިލްމަހު ކަސްޓަމްސްއިން ހިފަހައްޓާ އެމްޕީއެލް ހުޅުމާލެ އިންޓަނޭޝަލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް 2 ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ ގައި އެމްޕީއެލްގެ 6 މުވައްޒަަފަކުވެސް ސަސްޕެންޑްކޮށްފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެއީ ކޮން ބައެއްކަމެއް އަދި މި ވައްކަމުގައި އެމީހުންގެ ރޯލަކީ ކޮބައިކަމެއް އެމްޕީއެލްއަކުން ނުބުނެއެވެ.  

ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަޅާ އަރައި، އެ މަހުން ފެށިގެން އެ ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފަ އެވެ. އެއީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އެވެ.

އެ ސިނގިރޭޓް ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް