ads
ލ.ގަމު ހޮސްޕިޓަލު ގެ އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމުގެ ތެރެއިން
ލ.ގަމު ހޮސްޕިޓަލު ގެ އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއަށް
ލ. ގަމު ހޮސްޕިޓަލުގެ އާ އިމާރާތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
Advertisement

މި ރަސްމީޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ގަމު ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮނަރަބަލް އަބްދުالله ނާޒިމް އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ޑީސީޕީ (ރޓޑ) އަހުމަދު ސައުދީ އެވެ. 

މި މަޝްރޫއުގެ ދަށުން،31968.78 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ހަދާނެ ކަމަށާއި މި މަޝްރޫއަކީ 99.93 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެ އެވެ.

5625 މީހުންގެ އާބާދީއެއް ދިރިއުޅޭ ގަމު ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ރަށުން ލިބޭ ސިއްހީ ހިދުމަތް ރަނގަޅުވުން ކަމަށާއި ގަމު ހޮސްޕިޓަލުގެ މަސައްކަތް ނިމުމާއެކު، ގަމު ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ސިއްހީ ފަރުވާގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ފުޅާ ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

މިކަމުގެ ސަބަބުން، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާއީ ގޮތުން ރަށަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް