ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ: އެމްޑީޕީ
އެސްއީޒެޑް އިސްލާހުން ދައުލަތަށް ބޮޑު އާމްދަނީއެއް ގެއްލޭނެ: ފައްޔާޒް
ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ދައުލަތަށް ލިބެން އޮތް ބޮޑު އާމްދަނީއެއް ގެއްލިގެންދާނެ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
Advertisement

ފައްޔާޒް ވިދާޅުވީ، މި އިސްލާހަކީ ހަމައެކަނި ދައުލަތުގެ އާމްދަނީއަށް ގެއްލުންދޭ ކަމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

އެސްއީޒެޑް ގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް "ސަސްޓެއިނެބަލް ޓައުންޝިޕް" ގެ ގޮތުގައި ތަރައްގީކުރުމަށް މަގުފަހިކުރާ މި ބިލުގައި، އެފަދަ ސަރަހައްދުތަކުން ވިއްކާ ވިލާ ނުވަތަ ކޮޓަރިތަކުން ނަގާ ޕްރޮޕަޓީ ޓްރާންސްފާ ޓެކްސް ވަރަށް ބޮޑަށް ކުޑަކޮށްފައިވެއެވެ. 

އެގޮތުން، ފުރަތަމަ ފަހަރު ވިއްކާއިރު ދައްކަންޖެހެނީ އެންމެ އެއް ޕަސަންޓެވެ. އަދި އެފަދަ ތަންތަނުގައި ހިންގާ ވިޔަފާރިތަކުން ފުރަތަމަ 10 އަހަރު ދައްކަންޖެހެނީ އެންމެ ފަސް ޕަސަންޓުގެ ޓެކުހެކެވެ. ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބޮޑެތި ލުއިތަކެއް ދިނުމަކީ ވަކި ޕްރޮޖެކްޓަކަށް ބޭއިންސާފުން ފައިދާ ހޯދައިދިނުން ކަމަށާއި، މިއީ ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިތުރަށް ވިދާޅުވީ، ޓޫރިޒަމް ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދުމަށް މިފަދަ ޓެކްސް ލުއިތަކެއް ދޭން ނުޖެހޭ ކަމަށެވެ. އަދި މުޅި ސިނާއަތަށް ފައިދާވާނެ ގޮތްތައް ހެދުމުގެ ބަދަލުގައި، ވަކި މަޝްރޫއުތަކަކަށް އަމާޒުކޮށްގެން މިފަދަ އިސްލާހެއް ގެނައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ބިލުގެ ބަހުސްގައި އެމްޑީޕީގެ ގިނަ މެންބަރުން ވެސް ވަނީ މިއީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ގެނެސްފައިވާ އިސްލާހެއް ކަމަށް ތުހުމަތުކޮށް، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް