ads
އާޒިޔާ
އައްޑޫ އެއާޕޯޓު ބޯޑަށް އާޒިޔާ
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)ގެ ބޯޑަށް ނޮން-އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް ފާތިމަތު އާޒިޔާ ފަތުހީ އައްޔަންކުރައްވައިފި އެވެ.
Advertisement

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ވަނީ އާޒިޔާ އެ މަގާމަށް އައްޔަންކުރެއްވިކަން ކަށަވަރުކޮށްދީފަ އެވެ.

އާޒިޔާއަކީ، ޗައިނާގެ ޔުނިވަސިޓީ އޮފް އިންޓަނޭޝަނަލް ބިޒްނަސް އެންޑް އިކޮނޮމިކްސް އިން 2022ވަނަ އަހަރު މާސްޓާޒް އޮފް ވޯލްޑް އިކޮނޮމިކްސް ކޯސް ފުރިހަމަކުރައްވައި، އެންމެ މަތީ ދަރަޖައިގައި ފާސްވެ، އެ ކޯހުން އެއްވަނަ ހޯއްދަވައި، "މޯސްޓް އައުޓްސްޓޭންޑިން ސްޓޫޑެންޓް އެވޯޑު" ހާސިލުކުރެއްވި ބޭފުޅެކެވެ.

ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ ލެވެލް އަށެއް ނުވަތަ ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯއްދެވުން ލިބޭ އިނާމުވެސް އާޒިޔާއަށްވަނީ ލިބިވަޑައިގެންފަ އެވެ.

އާޒިޔާ މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ފިނޭންސް މިނިސްޓްރީގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް