ads
އައިޝެޑޯ
އައިޝެޑޯއަކީ ވިހައެއްތަ؟
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ރީތިވުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެއް ވަސީލަތަކީ އައިޝެޑޯއެވެ.
Advertisement

މިއީ ލޮލުގެ ކުލަ ފާޅުކޮށްދީ، މޫނަށް ތަފާތު ެއް ގެނެސްދޭ އެއްޗެކެވެ. ނަމަވެސް، ސިއްހީ މާހިރުން މިހާރު ދަނީ އައިޝެޑޯ ގިނައިން ބޭނުންކުރުމަކީ ލޮލުގެ ސިއްހަތަށާއި ހަމުގެ ރައްކާތެރިކަމަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ކޮސްމެޓިކް ކެމިސްޓުން ބުނާ ގޮތުގައި، ބައެއް އައިޝެޑޯ ތަކުގައި ހެވީ މެޓަލްސް، ސިންތެޓިކް ޑައި، އަދި ޕްރިޒަވޭޓިވްސް ފަދަ މާއްދާތައް ހިމެނެއެވެ. މިފަދަ ކެމިކަލްތަކުގެ ސަބަބުން ލޮލުގެ ވަށައިގެންވާ ނާޒުކު ހަންގަނޑަށް ވަރަށް ފަސޭހައިން ގެއްލުން ލިބިދާނެއެވެ.

ހަމުގެ ބަލިތަކާ ބެހޭ ޑޮކްޓަރެއް ކަމަށްވާ ޑރ. ރޭޗަލް ކިމް ބުނެފައިވާ ގޮތުގައި، މިފަދަ މެޓަލްތައް މަދު މިންވަރަކަށް ހުއްޓަސް، ދިގު މުއްދަތެއްގައި ހަށިގަނޑުގައި އެތަކެތި ޖަމާވެ، އެލާޖިކް ވުމާއި، ހަންގަނޑު ދުޅަވުން، އަދި މަދުން ނަމަވެސް، ހަށިގަނޑަށް ވިހަވުމުގެ މައްސަލަތައްވެސް ކުރިމަތިވެއެވެ.

އައިޝެޑޯ ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ސަމާލުކަން ނުދިނުމަކީވެސް ލޮލުގެ އިންފެކްޝަންތަކަށް މަގުފަހިވާ ކަމެކެވެ. އަންގި ގޮތުގައި ބޭނުންކުރާ ބްރަޝްތައް ގަވާއިދުން ސާފުނުކުރުމާއި، އެހެން މީހުންނާ މޭކަޕް ހިއްސާކުރުމާއި، އަދި މުއްދަތު ހަމަވެފައިވާ އުފެއްދުންތައް ބޭނުންކުރުމަކީ ބެކްޓީރިއާ ލޮލަށް އެތެރެވުމަށް މެދުވެރިވާ ކަންކަމެވެ. މިކަމުގެ ސަބަބުން ލޯ ރޯގާ ޖެހުމާއި، ލޮލުގައި ބިހި ނެގުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް