ads
އައްޑޫސިޓީ: ފޮޓޯ ޕީއެސްއެމް
މޫސުން ގޯސްވުމުގެ ސަބަބުން އައްޑޫއަށް ދެ ޖަނަރޭޓަރު ގެންދިއުން ލަސްވެއްޖެ
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން އެ ސިޓީއަށް ގެންދަން ނިންމި ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ގެންދިއުން މޫސުން ގޯސްވުމުގެ ސަބަބުން ލަސްވެއްޖެއެވެ.
Advertisement

ފެނަކައިން ބުނެފައިވަނީ، 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް މިހާރު އައްޑޫއަށް ގެންގޮސްފައިވާ ކަމަށެވެ.

ބޭރުން ގެނެސްފައިވާ 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރު މާލޭ ވިޔަފާރި ބަނދަރުގައި އެބަހުރި ކަމަށާއި، އެތަކެތީގެ ކްލިއަރެންސްގެ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.. ނަމަވެސް ދަތުރުކުރުމަށް މޫސުން ތަން ނުދިނުމުގެ ސަބަބުން ޖަނަރޭޓަރުތައް އައްޑޫއަށް ފޮނުވުން ލަސްވަނީ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މޫސުން ރަނގަޅުވުމާއެކު ވީހާވެސް އަވަހަކަށް އެ ދެ ޖަނަރޭޓަރު އައްޑޫއަށް ފޮނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް