ads
ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން، ޖެނެރަލް ސާޙިރް ޝަމްޝާދް މިރްޒާއާ އެކު ރައީސް: ގުޅުން ހަރުދަނާކުރަން ވަނީ މަޝްވަރާކޮށްފައި - ފޮޓޯ: ރައީސް އޮފީސް
ރާއްޖެއާ ޕާކިސްތާން ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭތުން މަޝްވަރާކުރައްވައިފި
ދިވެހިރާއްޖެއާއި ޕާކިސްތާނާ އެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރަން އެ ގައުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފި އެވެ.
Advertisement

ބުރާސްފަތި ދުވަހު ހެނދުނު، ރައީސްގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޖެނެރަލް މިރްޒާއަށް ހޫނު މަރުޙަބާއެއް ވިދާޅުވެފަ އެވެ.

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި މަޝްވަރާތައް ބިނާކުރައްވާފައިވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ބޭފުޅުން ވެސް އެއް ގައުމުން އަނެއް ގައުމަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ހިއްސާކުރާ އަޒުމު ތަކުރާރުކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް