ads
ބޮޑު ވައްކަމާ ގުޅިގެން ކުރިން ހައްޔަރު ކުރި މީހުން
ބޮޑު ވައްކަން: ދިގަލި ވާނުވާ ބަންދަށް، އިތުރު ތިން މީހަކު ހައްޔަރުކޮށްފި
ކަސްޓަމުން ހިފަހައްޓާފައިވަނިކޮށް، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ މައްސަލައިގައި ހައްޔަރުކުރި މަޝްހޫރު ވިޔަފާރިވެރިޔާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު އެހެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލައިގައި މީގެ ކުރިން ތިން ފަހަރެއްގެ މަތިން ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ދިގަލީގެ އިތުރުން ދެން ހިމެނެނީ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިހާރު މިފްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ކޮންޓެއިނަރުތައް ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ ބޯޓުގެ ކެޕްޓަން ނ. މިލަދޫ ކެނެރީގޭ، އާދަމް ވަހީދުއެވެ.

އެމްޕީއެލް ހުޅުމާލޭ ޕޯޓުގައި ބަހައްޓާފައިވާ 40 ފޫޓުގެ ދެކޮންޓެއިނާ ސިނގިރޭޓުގެ "ވައްކަމަށް" ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 65 އަހަރުގެ ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ މި މަހުގެ 15 ވަނަ ދުވަހު ބަންދަން ދިން ފުރަތަމަ 10 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުންނެވެ.

ފަހުން ހައްޔަރު ކުރި މީހުން

1- އަހުމަދު ޝަމީމް- ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު)

2- އަހުމަދު ފިރުޝާން- ހ. ރުމޭނިއާ (35 އަހަރު)

3- ހުސައިން ސާމިހް- އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް