އެރު ކައުންސިލުގެ ރައީސް އަހުމަދު ނިޔާޒު ސީއެންްއެމްއަށް ވިދާޅުވީ، ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އެކެއް ޖަހަނިކޮށް ކަމަށެވެ.
މި ބައްޔަށް ޕޮޒިޓިވްވި ތިން މީހުންނަކީ ކާވިޔާ ބޯޓުން ދަތުރުކުރި ތިން މީހުންނެވެ. އެގޮތުން ތަކަންދޫގެ 36 މީހަކު އެ ބޯޓު މާލެއިން ކުރި އެންމެ ފަހު ދަތުރުގައި ބައިވެރިވިއިރު މި އެންމެންގެ ސާމްޕަލް ވެސް ވަނީ ނަގާފަ އެވެ.
އެކަމަކު ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ދެ އަންހެނުންނާއި ކުޑަ ކުއްޖެއް ކަމަށް މައުލޫމާތު ލިބެ އެވެ.