ads
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ހިންނަވަރުގައި ތަރައްގީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި
ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ހިންނަވަރުގައި ތަރައްގީކުރުމަށް އާރްޑީސީއަށް
ޅ. ހިންނަވަރުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހަކާއި ދަނާލެއް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި މަޝްރޫއުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. އަދި އެމްއެންޔޫއިން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކެމްޕަސްއެއް މި ރަށުގައި ގާއިމުކުރެވިގެން ދިއުމަކީ ތައުލީމީ ދާއިރާއިން މި ރަށަށް އަދި ޅ. އަތޮޅަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ. 

ހިންނަވަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމީ ޔުނިވާސިޓީގެ ތައުލީމް ރަށުގައި ތިބެގެން ދަރިވަރުން ދެވޭނެ ގޮތަށް ކެމްޕަސް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް