ads
އައިޖީއެމްއެޗްގެ ސާޖިކަލްވިންގު ރައީސް މުއިއްޒު ހުޅުވައިދެއްވުން - ފައިލް ފޮޓޯ
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ސިއްހީ ދާއިރާގެ ތަރައްގީއަށް: ރައީސް
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް ވަށާޖެހޭ ތަރައްގީއެއް ހޯދައިދިނުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ޅ. އަތޮޅު ރައްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ނައިފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ، މި އަހަރުގެ ބަޖެޓު މި ހަފުތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށާއި ވަޒީރުންގެ މަޖިލީހުން މިހާރު ބަޖެޓު ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ބަޖެޓުގައި އެންމެ އިސްކަންދޭ ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތަކީ ސަރުކާރުން އެ ދާއިރާއަށް ބޮޑު އިންވެސްޓްމެންޓެއް ކުރުން ކަމަށެވެ.

"ބަލިތައް ޖެހުމުން ދުރުކުރުމަށް، ޖެހުނަ ނުދީ ދުރުކުރުމަށް، ޕްރިވެންޓިވް ހެލްތުކެއާ ދާއިރާއަށް ވަރަށް އިސްކަމެއް ދީގެން ހަރަދުކުރުން އަދި ބަލިތައް ޖެހުނީމަ އެ ބަލިތަކުން ސަލާމަތްވާން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ވަރަށް ރާއްޖޭގެ ހިދުމަތްތައް ގާއިމުކުރުމަށް އިންވެސްޓުކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރަނީ ވަށާޖެހޭ ގޮތަށްކަމަށާއި، ސަރުކާރުން ކުރާ އިންވެސްޓްމެންޓުގެ އެންމެ ބޮޑު ބޭނުމަކީވެސް ބޮޑެތި ހަރުދުތައްކޮށް ސިއްހީ ފަރުވާއަށް ބޭރަށް ދާންޖެހޭ ޖެހުން މަދުކުރުންކަމަށެވެ.

"ބަލިތަކުން ދުރުވުމާއި، ބަލިތައް ޖެހުނީމަ އެކަމަށް ފިޔަވަޅު އެޅުން ދެދައިރާއަށްވެސް ސަރުކާރުން އިންވެސްޓް އެބަކުރަން. މިއަންނަ އަހަރު މިދެންނިވިހެން ރާއްޖެއިން ބޭރަށް އާސަންދައިން އަދި އެހެނިހެން ގޮތްގޮތުން ހަރަދުކޮށްގެން ވަރަށް ދަތި ހާލުގައި މި ބޭރަށް ދާން ޖެހޭ ދިއުން މަދުކޮށް ރާއްޖޭގައި، މާލެ އަތޮޅުތަކުގައި ހޮސްޕިޓަލްތަކުގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭ ގޮތް ގާއިމްުކުރުމަކީ އަޅުގަނޑު ހިތުން ރައްޔިތުންނަށްޓަކައި ސަރުކާރަކުން ކޮންމެހެން ކުރަންޖެހޭ" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަށްރަށުގައި ފަށާ ޢުމްރާނީ ތަރައްގީގެ މަސައްކަތަކަކީ އަތުން ހިފޭ، އަދި ފެންނަން ހުންނަ ތަރައްގީގެ މަޝްރޫއުތަކަށްވާއިރު، ސިއްހީ ދާއިރާއަށް ސަރުކާރުން ކުރެވޭ އިންވެސްޓްމެންޓަކީ ރައްޔިތުންނަށް އޭގެ ފައިދާ އިޙްސާސް ކުރެވޭނެ ކުރިއެރުންތަކަކަށް ވާނެކަމަށެވެ.

ސިއްހީ ދާއިރާއަށް ފަހު ދެން ބަޖެޓްގައި އެންމެ އިސްކަމެއް ދީފައިވަނީ ތައުލީމީ ދާއިރާއަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ތައުލީމީ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ސިކުނޑިތަކެއް ތަރައްގީ ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް